• ފުރަތަމަ ސަފުހާ
  • ތަޢާރަފް
  • މީޑިޔާ
    • ޚަބަރުތައް
    • އިވެންޓްސް
    • އިޢުލާނާއި އެހެނިހެން
  • ޑައުންލޯޑްސް
    • ޝަރީޢަތްތަކުގެ ތާވަލް
    • ފޯމްތައް
    • ޤާނޫނާއި ޤަވާއިދު
  • މުހިއްމު ލިންކުތައް
    • ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
    • ދިވެހިރާއްޖޭގެ ހައިކޯޓު
    • މަދަނީ ކޯޓް
    • ޖިނާއީ ކޯޓު
    • އާއިލާއާއިބެހޭ ކޯޓު
    • ޖުޑީޝަލް ސަރވިސް ކޮމިޝަން
    • ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
    • ޖެންޑަރ އެންޑް ފެމިލީ
    • ޕީޖީ އޮފީސް
    • އޭޖީ އޮފީސް
    • ޕޮލިސް ސާރވިސް
    • ޑީ.ޕީ.އާރ.އެސް
    • ޑީ.ޑީ.ޕީ.އާރ.އެސް
    • މިނިސްޓްރީ އޮފް އެދިއުކޭޝަން
    • ސީ.ސީ.އީ

    އަވަސް ލިންކު

  • ޕްރޮސީޖަރސް

    • އިންގިރޭސި
    • ދިވެހި
      • ވަކާލާތުކުރުމުގެ ހުއްދަ ހޯދުން
      • ދުވަސްވީ ޝަރުޢީ ލިޔުން ހޯދުމަށް އެދޭ
      • ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ދޫކުރުން
      • މައްސަލައާގުޅޭ ލިޔެކިއުންތައް ހޯދުން
  • ކޮންވެންޝަންސް

    • އިންގިރޭސި
    • ދިވެހި
  • ތަފާސްހިސާބު

    • އިންގިރޭސި
    • ދިވެހި

ކުޑަކުދިންނާބެހޭ ކޯޓުގައި ހުންނަ ދުވަސްވީ ޝަރުޢީ ލިޔުމުގެ ކޮޕީ ހޯދުން

ޚިދުމަތާ ބެހޭ ތަފްޞީލް

ކުޑަކުދިންގެ މައްސަލަތަކަކީ، ޢާއްމުކޮށް ހުޅުވާލެވިގެން ހިންގޭ މައްސަލަތަކަކަށް ނުވާތީ، ކުޑަކުދިންނާބެހޭ ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި، އެ މައްސަލަތާކާ ގުޅުންހުރި އެންމެހާ މަޢުލޫމާތުތަކަކީ ޢާއްމުންނަށް ހާމަކުރުމަށް ހަމަޖެހިފައިވާ މަޢުލޫމާތެއް ނޫނެވެ. އަދި މިފަދަ މަޢުލޫމާތެއް ދެވޭނީ ހަމައެކަނި އެ މައްސަލައަކާ ސީދާ ގުޅުންހުރި ފަރާތްތަކަށް، ހަމަޖެހިފައިވާ އުޞޫލުން އެކަމަށް އެދުމުންނެވެ. ނުވަތަ އެކުއްޖާގެ ބެލެނިވެރިޔާއަށެވެ.

ދުވަސްވީ ޝަރުޢީ ލިޔުން

ދުވަސްވީ ޝަރުޢީ ލިޔުމަކީ، އިސްތިއުނާފުގެ މުއްދަތު ކަމުގައިވާ، މައްސަލަ ނިމޭތާ 90 ދުވަސް ހަމަވެފައިވާ ކޮންމެ ލިޔުމެކެވެ. މި ޚިދުމަތް ލިބިގަންނާނެގޮތުގެ ތަފްޞީލް ތިރީގައި މިވަނީއެވެ. ޚިދުމަތްދޭ ތަން: ކުޑަކުދިންނާބެހޭ ކޯޓު، ފަންހިޔާ ބިލްޑިންގ، 2 ވަނަ ފަންގިފިލާ، ހަވީރީހިނގުން، މާލެ،
ފޯނު: 3332645 (+960)
ޚިދުމަތްދެވޭ ގަޑި: ހެނދުނު 8:00 ން މެންދުރުފަހު 2:15 އަށް، ސަރުކާރު ބަންދުނޫން ދުވަސްދުވަހު.
ޚިދުމަތް ދިނުމަށް ޢާއްމުކޮށް ނަގާ ވަގުތު: ރަސްމީ 10 (ދިހަ ދުވަސް)
ޚިދުމަތް ހޯދުމަށް ދާންޖެހޭ ފަހަރު: 02 (ދޭއް)

ޝަރުޠު:

  • ނެތް
  • ޢަމަލުކުރަންވީ ގޮތް

    • ފުރިހަމަކޮށްފައިވާ "ދުވަސްވީ ޝަރުޢީ ލިޔުމަށް އެދޭފޯރމް" އާއި ހުށަހަޅަންޖެހޭ އިތުރު ލިޔެކިއުންތައް ކުޑަކުދިންނާބެހޭ ކޯޓުގެ ރިސެޕްޝަނަށް ހުށަހެޅުން.
    • ޚިދުމަތް ހޯދުމަށް ދައްކަންޖެހޭ ފައިސާ ދެއްކުން، އަދި ރަސީދު ހޯދުން. މިގޮތުން ކޯޓަށް ފައިސާ ބަލައިގަންނާނީ، މެންދުރު 12:00 ގެ ކުރިންނެވެ.
    • ހޯދުމަށް އެދިފައިވާ ލިޔެކިއުމުގެ ކޮޕީ ތައްޔާރުކުރެވުމުން އެ ބަލާ އައުމަށް ފޯނުގެ ޒަރިއްޔާއިން އެންގޭނެއެވެ.
    • ލިޔެކިޔުން ބަލާއައުމަށް އެންގުމުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ކުޑަކުދިންނާބެހޭ ކޯޓަށް ޙާޒިރުވުން.
    • ހޯދުމަށް އެދުނު ލިޔެކިއުމުގެ ކޮޕީތައް ހެއްދުމަށް ދައްކަންޖެހޭ ފައިސާ ދެއްކުން، އަދި ރަސީދު ހޯދުން.
    • ލިޔުމުގެ ކޮޕީތައް ބަލައިގަތުން.

    ހުށަހަޅަންޖެހޭ ލިޔެކިޔުން

  • "ދުވަސްވީ ޝަރުޢީ ލިޔުމަށް އެދޭފޯރމް"
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެ ފޮޓޯކޮޕީއެއް.
  • 20 ރުފިޔާގެ ރެވެނިޔު ސްޓޭމްޕެއް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ އެހެން ލިޔުމެއްގެ އަޞްލު ( މި ހުށަހަޅާނީ ލިޔެކިޔުމުގެ ކޮޕީތައް ބަލާ ދާއިރުއެވެ.)
  • ފީ

  • ޚިދުމަތުގެ އަގަށްވާ -/100 ރުފިޔާ
  • ހޯދުމަށް އެދޭ ލިޔެކިއުމުގެ ކޮޕީ ހެއްދުމަށް، ހައްދާ ކޮންމެ ގަނޑަކަށް -/1 ރުފިޔާ
  • އިތުރު މަޢުލޫމާތު

    ހޯދުމަށް އެދޭ ލިޔެކިޔުން ނުވަތަ ރެކޯޑުތައް ކޯޓުގެ ފަރާތުން ލިބިދެވެން ނެތްކަމުގައިވީ ނަމަވެސް، ޚިދުމަތް ހޯދުމުގެ އަގުގެ ގޮތުގައި ދެއްކި -/100 ރުފިޔާގެ ފީއަކީ އަނބުރާ ދެވޭނެ ފައިސާއެއްނޫނެވެ.


    މައްޗަށް | ގުޅުއްވާލައްވާ
    Copyright © 2010 Juvenile Court. All Rights Reserved
    To report a broken link or for any technical support please contact: webmaster@juvenilecourt.gov.mv