ޚަބަރު

ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2020-12-02
ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމާފައިވާ ގޮތުގެމަތިން، ޖުވެނައިލް ކޯޓުގެ އަހަރު ފަހު ރިސެސް މިއަދު 01 ޑިސެންބަރު 2019 އިން ފެށިގެން ފަށައިފިއެވެ. ޖުވެނައިލް ކޯޓުން އަހަރު ފަހު ރިސެސްއަށް ދިއުމަށް ނިންމާފައިވާ މުއްދަތަކީ 01 ޑިސެންބަރު 2019 އިން ފެށިގެން 20 ޑިސެންބަރު 2019 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޖުވެނައިލް ކޯޓުގެ އައު ފަނޑިޔާރު މަސައްކަތަށް ނިކުމެވަޑައިގަންނަވަން ފަށްޓަވައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2020-11-29
މިހިނގާ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުންފެށިގެން ޢަމަލުކުރަން ފަށާފައިވާ ޤާނޫނު ނަމްބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނު) ގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖުވެނައިލް ކޯޓަށް ޢައްޔަނު ކުރެވުނު ފުރަތަމަ އަންހެން ފަނޑިޔާރު، ހދ.ކުޅުދުއްފުށީ، ޓޯޓަލްގެ / އަލްއުސްތާޛާ މަރިޔަމް ޠާއިފާ، ކޯޓުގެ މަސައްކަތަށް ނިކުމެވަޑައިގަންނަވަން ފަށްޓަވައިފިއެވެ. ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ބުނެފައިވާގޮތުން، ކުޑަކުދިންގެ މައްސަލަތައް ބަލާ ކޯޓުތަކުގައި މަސައްކަތްކުރަންވާނީ، ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުންނާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން އަދި ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ޚާއްޞަ ތަމްރީން ލިބިފައިވާ ދެ ޖިންސުގެ ފަނޑިޔާރުންނެވެ.

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ޢަމަލުކުރަން ފެށުން
ޕަބްލިޝްކުރެވުނު ތާރީޚް: 2020-11-21
ޤާނޫނު ނަންބަރު 2019/18 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) އަށް 2020 ނޮވެންބަރު 20 ވަނަ ދުވަހު ޢަމަލުކުރަން ފަށައިފިއެވެ.
ޤާނޫނާ ޚިލާފުވާ، ޢުމުރުން 15 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ޚާއްޞަ އުޞޫލުތަކާއި، 15 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާ އަދި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާމެދު ޢަމަލުކުރާނެ ގޮތުގެ އުޞޫލުތައް މިޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ޖުވެނައިލް ކޯޓުގެ ޝަރީޢަތްތައް އަލުން ކުރިޔަށް ގެންދަން ފަށައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2020-04-12
ކޮވިޑް 19 އާ ގުޅިގެން، ދިވެހިރާއްޖޭގައި ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުން، މި ހާލަތުގައި މައްސަލަތައް ކުރިޔަށް ގެންދާނެ ވަކި ގޮތްތަކެއް ހަމަޖެހެންދެން، ޖުވެނައިލް ކޯޓުގެ ޝަރީޢަތްތަށް ކުރިޔަށް ނުގެންގޮސް މަޑުޖައްސާލާފައި އޮތް އޮތުން ނިމުމަކަށްގެނެސް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނަންބަރު: 10/2020/CIR/C-JSC ސަރކިއުލާއިން އަންގާފައިވާ ގޮތުގެމަތިން، އަލުން ޖުވެނައިލް ކޯޓުގައި ޝަރީޢަތްތައް ކުރިޔަށް ގެންދަން ފަށައިފިއެވެ. މި ޙާލަތުގައި ޖުވެނައިލް ކޯޓުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި ޢަމަލުކުރަމުން ގެންދާނީ، ''ކޮވިޑް 19 އާ ގުޅިގެން އިޢުލާނުކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޖުވެނައިލް ކޯޓުގައި މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ އުޞޫލް'' ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.

ކޮވިޑް 19 އާއި ގުޅިގެން ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޖުވެނައިލް ކޯޓުގައި މަސައްކަތް ކުރިއަށް ގެންދާނެ އުސޫލެއް އެކުލަވާލައިފި.
ޕަބްލިޝްކުރެވުނު ތާރީޚް: 2020-04-12
ކޮވިޑް 19 އާ ގުޅިގެން ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޖުވެނައިލް ކޯޓުގައި މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ އުޞޫލެއް އެކުލަވާލައިފިއެވެ. ކޯޓުންދޭ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ ގޮތުން، އެޗް.ޕީ.އޭ އިން ކަނޑައަޅުއްވާފައިވާ 3 (ތިނެއް) އެލާރޓް ލެވަލްގައި ކޯޓުން ޢަމަލުކުރާނެ ގޮތްތައް ވަކިވަކިން މި އުސޫލުގައި ހިމެނިފައިވެއެވެ. މިގޮތުން ތަޙުޤީޤު މަރުޙަލާގައި ނެރެންޖެހޭ އަމުރުތައް ނެރުމުގައި ރީނދޫ އެލާރޓްގައި ޤާޟީން ގޭގައި ތިއްބަވައިގެން އަމުރު ނެރުމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަމުރަށް އެދުމުގައި އީމެއިލް މެދުވެރިކޮށް ކޯޓަށް ހުށަހަޅައިގެން ކުރިޔަށް ގެންދިއުމުގެ ފުރުޞަތު އޮންނާނެއެވެ.

2020 ވަނަ އަހަރުގެ ފަނޑިޔާރުންގެ މަހާސިންތާގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2020-02-21
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިންތިޒާމްކޮށް ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާ ފަނޑިޔާރުންގެ މަހާސިންތާގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ. 19 ފެބުރުވަރީ އިން 20 ފެބުރުވަރީ 2020 ގެ ނިޔަލަށް ކުރިޔަށްދިޔަ މި މަހާސިންތާގައި ކޯޓުގެ ފަރާތުން ބައިވެރިވީ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛް ސަޢީދު އިބްރާހީމް އާއި ރަޖިސްޓްރާރ ޒަޢީމާ ނަޝީދު އަބޫބަކުރު އެވެ.

ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާބެހޭ ސެމިނާރުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2019-12-09
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކެޑެމީ އިން އިންތިޒާމްކޮށްގެން، 2019 ނޮވެންބަރު 24 އިން 2019 ނޮވެންބަރު 28 އަށް ލ. އަތޮޅުގައި ކުރިޔަށް ގެންދެވި، ''ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާބެހޭ ސެމިނާރު'' ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ހއ. އަތޮޅުގައި ކުރިއަށްގެންދެވުނު ހަރަކާތްތަކުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2019-12-09
ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ނޮވެންބަރު މަހުގެ 15 އިން 20 އަށް ހއ. އަތޮޅުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ. މި ދުވަސް ފާހަގަކުރުމަށް ބޭއްވުނު ހަރަކާތްތަކުގެ ތެރޭގައި ހއ.އަތޮޅުގެ 14 ރަށުގައި، ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިޔަށްގެންދިއުމާއި، ދުވަހާގުޅޭ ޝިޢާރުތައް ހިމެނޭ ބިލްބޯޑުތައް ހުޅުވުން ހިމެނުނެވެ.

ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2019-12-02
ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމާފައިވާ ގޮތުގެމަތިން، ޖުވެނައިލް ކޯޓުގެ އަހަރު ފަހު ރިސެސް މިއަދު 01 ޑިސެންބަރު 2019 އިން ފެށިގެން ފަށައިފިއެވެ. ޖުވެނައިލް ކޯޓުން އަހަރު ފަހު ރިސެސްއަށް ދިއުމަށް ނިންމާފައިވާ މުއްދަތަކީ 01 ޑިސެންބަރު 2019 އިން ފެށިގެން 20 ޑިސެންބަރު 2019 ވަނަ ދުވަހުގެ ނިޔަލަށެވެ.

''ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ'' ޕްރޮގްރާމުގެ 27 ވަނަ ބުރުގައި ފެސިލިޓޭޓަރުންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.
ޕަބްލިޝްކުރެވުނު ތާރީޚް: 2019-10-30
2019 އޮކްޓޫބަރު 20 އިން 2019 އޮކްޓޫބަރު 24 ގެ ނިޔަލަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުން އިންތިޒާމްކޮށް ކުރިޔަށް ގެންދިޔަ ''ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ'' ޕްރޮގްރާމުގެ 27 ވަނަ ބުރުގައި ފެސިލިޓޭޓަރުންގެ ގޮތުން ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ.

ޖުވެނައިލް ކޯޓުން ޕްރޮސެކިއުޓަރުންގެ މަހާސިންތާގައި ބައިވެރިވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2019-06-18
2019 ޖޫން 15 އިން ފެށިގެން 2019 ޖޫން 17 ގެ ނިޔަލަށް ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިންތިޒާމްކޮށް ކުރިޔަށް ގެންދެވި ޕްރޮސެކިއުޓަރުންގެ މަހާސިންތާގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ. ޖުވެނައިލް ކޯޓުގެ ފަރާތުން މި މަހާސިންތާގައި ބައިވެރިވީ، ކޯޓުގެ އިސްޤާޟީ އަލްއުސްތާޛް ސަޢީދު އިބްރާހީމްއާއި އެސިސްޓެންޓް ލީގަލް އޮފިސަރުން ކަމުގައިވާ ސަލްމާ އަޙްމަދާއި، ފާޠިމަތު ސާޖިދާއާއި ޝިނާޒާ މުޙައްމަދު ދީދީއެވެ.

''ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ފޯ އެމްސީއެސް'' ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2019-04-07
2019 އެޕްރީލް 02 އިން ފެށިގެން 2019 އެޕްރީލް 04 ގެ ނިޔަލަށް އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީސް (އައިކޯސްޓް) އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުން އިންތިޒާމްކޮށް ކުރިޔަށް ގެންދިޔަ ''ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ފޯ އެމްސީއެސް'' ގައި ފެސިލިޓޭޓަރުންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ. މިތަމްރީން ޕްރޮގްރާމުގައި ކޯޓުގެ ފަރާތުން ސެޝަންތައް ނަންގަވައި ދެއްވީ ކޯޓުގެ ޤާޟީ އަލްއުސްތާޛް މުޙައްމަދު ޢީސާފުޅު އާއި އެސިސްޓެންޓް ލީގަލް އޮފިސަރ ޢަފްރާ ޢުޘްމާން އެވެ.

''ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ފޯ އެމްސީއެސް'' ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2019-04-07
2019 ޖޫން 16 އިން 2019 ޖޫން 20 ގެ ނިޔަލަށް އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީސް (އައިކޯސްޓް) އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުން އިންތިޒާމްކޮށް ކުރިޔަށް ގެންދިޔަ ''ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ފޯ އެމްސީއެސް'' ގައި ފެސިލިޓޭޓަރެއްގެ ގޮތުން ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ.

''ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ފޯ އެމްސީއެސް'' ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2019-03-14
2019 މާރިޗު 10 އިން 2019 މާރިޗު 12 ގެ ނިޔަލަށް އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީސް (އައިކޯސްޓް) އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުން އިންތިޒާމްކޮށް ކުރިޔަށް ގެންދިޔަ ''ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ފޯ އެމްސީއެސް'' ގައި ފެސިލިޓޭޓަރެއްގެ ގޮތުން ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ.

ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާބެހޭ ސެމިނާރުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2019-03-10
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކެޑެމީ އިން އިންތިޒާމްކޮށްގެން، 2019 މާރިޗު 02 އިން 2019 މާރިޗު 05 އަށް ރ.އުނގޫފާރުގައި ކުރިޔަށް ގެންދެވި، ''ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާބެހޭ ސެމިނާރު'' ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ.

2019 ވަނަ އަހަރުގެ ފަނޑިޔާރުންގެ މަހާސިންތާގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2019-02-25
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިންތިޒާމްކޮށް ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާ ފަނޑިޔާރުންގެ މަހާސިންތާގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ. 21 ފެބުރުވަރީ އިން 22 ފެބުރުވަރީ 2019 ގެ ނިޔަލަށް ކުރިޔަށްދިޔަ މި މަހާސިންތާގައި ކޯޓުގެ ފަރާތުން ބައިވެރިވީ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛް ސަޢީދު އިބްރާހީމް އާއި އަލްއުސްތާޛް މުޙައްމަދު ޢީސާފުޅުއެވެ.

ކޮންފެރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމްގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2019-02-25
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި މޯލްޑިވްސް ޖުޑީޝަލް އެކެޑެމީ އިން 18 ފެބުރުވަރީ 2019 އިން 19 ފެބުރުވަރީ 2019 ގެ ނިޔަލަށް އިންތިޒާމްކޮށް ކުރިޔަށް ގެންދެވި ''ކޮންފެރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް''ގެ އިންތިޒާމް ކޮމިޓީގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެއްޖެއެވެ.

ކްރިމިނަލް ޖަސްޓިސް ސެކްޓަރ ސިމްޕޯސިއަމްގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2019-02-25
24 ފެބުރުވަރީ 2019 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އިންތިޒާމްކޮށް ކުރިޔަށް ގެންދެވި ''ކްރިމިނަލް ޖަސްޓިސް ސެކްޓަރ ސިމްޕޯސިއަމް''ގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ. މިސިމްޕޯސިއަމްގައި ކޯޓުގެ ފަރާތުން ބައިވެރިވީ ކޯޓުގެ ޤާޟީ އަލްއުސްތާޛް މުޙައްމަދު ޢީސާފުޅު އާއި އެސިސްޓެންޓް ލީގަލް އޮފިސަރުން ކަމުގައިވާ ފާޠިމަތު ސާޖިދާ އާއި ފާޠިމަތު ޝިނާޒާ މުޙައްމަދު ދީދީ އާއި ހަޝްމާ ޙަސަންއެވެ.

ޖުވެނައިލް ކޯޓުން ދޫނިދޫ ކަސްޓޯޑިއަލްއަށް ޒިޔާރަތްކޮށްފި
ޕަބްލިޝްކުރެވުނު ތާރީޚް: 2019-01-24
ތަޙުޤީޤު ބަންދުގައި ތިބޭ އުމުރުން 18 އަހަރުން ދަށުގެ ކުށްކުރާ ކުދިންނާއި އެކުދިން ބަންދުކޮށްފައި ތިބޭ ތަންތަނުގެ ޙާލަތު ދެނެގަތުމަށްޓަކައި 20 ޖަނަވަރީ 2019 ގައި ޖުވެނައިލް ކޯޓުން ދޫނިދޫ ކަސްޓޯޑިއަލްއަށް ޒިޔާރަތްކޮށްފިއެވެ.

ޖުވެނައިލް ކޯޓުން އައްސޭރި ޖަލަށް ޒިޔާރަތްކޮށްފި
ޕަބްލިޝްކުރެވުނު ތާރީޚް: 2018-11-15
ޝަރީޢަތުގެ މަރުޙަލާގައާއި ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާގައި ތިބި 18 އަހަރުން ދަށުގެ ކުދިންނާއި އެކުދިން ބަންދުކޮށްފައި ތިބޭ ތަންތަނުގެ ޙާލަތު ދެނެގަތުމަށްޓަކައި 10 ނޮވެންބަރު 2018 ގައި ޖުވެނައިލް ކޯޓުން ކ.ހިންމަފުށި، އައްސޭރިޖަލަށް ޒިޔާރަތްކޮށްފިއެވެ.

ޖުވެނައިލް ކޯޓަށް އިސް ޤާޟީއަކު އައްޔަންކުރައްވައިފި.
ޕަބްލިޝްކުރެވުނު ތާރީޚް: 2018-05-29
ޖުވެނައިލް ކޯޓުގެ އިސްޤާޟީގެ މަޤާމަށް ޏ.ފުވައްމުލަކު، ދިގުވާޑު ، މުނިޔާގެ، އަލްއުސްތާޛު ސަޢީދު އިބްރާހީމް، 28 މެއި 2018 ވަނަދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ އައްޔަންކުރައްވާފައެވެ.

2017 ވަނަ އަހަރުގެ ތަފާސްހިސާބު ރިފޯޓު
ޕަބްލިޝްކުރެވުނު ތާރީޚް: 2018-01-29
މި ރިޕޯޓުގައި ހިމެނިފައިވާނީ ޖުވެނައިލް ކޯޓަށް 2017 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ތަފާސްހިސާބުތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާއިމެދު ގޮތެއް ނިންމުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކާއި ކުށްކުރާ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކޯޓުން ދޭ ފުރުޞަތުތަކާގުޅޭ ތަފާސްހިސާބުތަކާއި ތަޙުޤީޤު މަރުޙަލާގައި ކޯޓުން ނެރޭ އަމުރުތަކުގެ ތަފާސްހިސާބުގެ މަޢުލޫމާތެވެ.

ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޖިނާއީ ޢަދުލުގެ ނިޒާމާބެހޭ މަހާސިންތާގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2017-10-03
ނޭޝަނަލް ޖުޑީޝަލް ކޮންފަރެންސް 2017 އާ ގުޅުވައިގެން، 2017 ސެޕްޓެމްބަރު މަހުގެ 13-16 އަށް ބަންޑޮސް މޯލްޑިވްސް ރިސޯޓުގައި ކުރިޔަށްދިޔަ ''ސިމްޕޯސިއަމް އޮން ޗައިލްޑް ރައިޓްސް އެންޑް ދަ ޖުވެނައިލް ޖަސްޓިސް ސިސްޓަމް'' މަހާސިންތާގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެއްޖެއެވެ. މިމަހާސިންތާއަކީ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ އާއި ޔުނިސެފާއި ޖުވެނައިލް ކޯޓު ގުޅިގެން ބޭއްވި މަހާސިންތާއެކެވެ. މި މަހާސިންތާގައި ކަމާ ގުޅުންހުރި ދާއިރާތަކުން ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި މިހާރު ހުރި ގޮންޖެހުންތަކާއި އެކަންކަން ޙައްލުކުރުމާ ބެހޭގޮތުން ދިރާސާ ކަރުދާސްތަކެއް ހުށަހަޅާފައިވެއެވެ.

ސީ.އާރު.ސީގެ ކޮންކްލޫޑިންގ އޮބްޒަވޭޝަންތަކަށް މުއައްސަސާތައް ހޭލުންތެރިކުރުމަށްޓަކައި ބޭއްވި ސްޓޭކްހޯލްޑަރސް ފޯރަމްގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2017-10-03
އ.ދގެ ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ މުޢާހަދާ (ސީ.އާރު.ސީ) މޮނިޓަރ ކުރާ ކޮމިޓީއިން ދައުލަތަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅިގެން ކަމާ ގުޅޭ މުއައްސަސާތަކާއެކު 26 ސެޕްޓެމްބަރު 2017 ގައި ބޭއްވުނު ސްޓޭކްހޯލްޑަރސް ފޯރަމްގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެއްޖެއެވެ.

ޖިނާއީ އިޖުރާތުގެ ޤާނޫނާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ބޭއްވުނު މަޝްވަރާ ބައްދަލުވުމެއްގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2017-10-03
"ނޭޝަނަލް ޖުޑީޝަލް ކޮންފަރެންސް 2017" ގެ ދަށުން، 2017 ސެޕްޓެމްބަރު މަހުގެ 17-18 އަށް ސްޓެލްކޯގެ މީޓިންގ ހޯލުގައި ކުރިއަށްދިޔަ ޖިނާއީ އިޖުރާއަތުގެ ޤާނޫނާބެހޭ މަޝްވަރާ ބައްދަލުވުމުގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެއްޖެއެވެ.
ޖުވެނައިލް ކޯޓުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ކޯޓު ހިންގުމާ ހަވާލުވެހުންނެވި ޤާޟީ އަލްއުސްތާޛު އަޙްމަދު ޝަރީފްއާއި ޤާޟީ އަލްއުސްތާޛު ސަޢީދު އިބްރާހިމްއާއި ރަޖިސްޓްރަރ ޒަޢީމާ ނަޝީދު އަބޫބަކުރުއެވެ.

2016 ވަނަ އަހަރުގެ ތަފާސްހިސާބު ރިފޯޓު
ޕަބްލިޝްކުރެވުނު ތާރީޚް: 2017-01-17
2016 ވަނަ އަހަރު ޖުވެނައިލް ކޯޓުގެ ތަފާސްހިސާބު ރިޕޯޓުގައި ހިމެނިފައިވާނީ ޖުވެނައިލް ކޯޓަށް 2016 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ތަފާސްހިސާބުތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ބަންދާއިމެދު ގޮތެއް ނިންމުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކާއި ކުށްކުރާ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކޯޓުން ދޭ ފުރުޞަތުތަކާގުޅޭ ތަފާސްހިސާބު މަޢުލޫމާތެވެ…

ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2016-12-01
ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމަވާފައިވާ ގޮތުގެމަތިން، ޖުވެނައިލް ކޯޓުގެ މިއަހަރުގެ ރިސެސް މިއަދު، 01 ޑިސެންބަރު 2016 އިން ފެށިގެން ފަށައިފިއެވެ. ޖުވެނައިލް ކޯޓު މިއަހަރު ރިސެސްއަށް ދިއުމަށް ނިންމާފައިވާ މުއްދަތަކީ..

ކުށްކުރާ ކުޑަކުދިން ބައިތިއްބާފައިތިބޭ ދޫނިދޫ ޖަލަށް ޖުވެނައިލް ކޯޓުން ޒިޔާރަތްކޮށްފި.
ޕަބްލިޝްކުރެވުނު ތާރީޚް: 2016-11-13
ތަފާތު ކުށްތަކުގައި ޖަލުގައި ބަންދުކޮށްފައި ތިބޭ ކުޑަކުދިން ބައިތިއްބާފައި ތިބޭ މަރުކަޒުތަކުގެ ޙާލަތު ދެނެގަތުމުގެ ގޮތުން، 23 އޮގަސްޓު 2016 ވީ އަންގާރަ ދުވަހު...

ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2016-06-09
2016 ވަނަ އަހަރުގެ ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައި ނިންމާފައިވާ ގޮތުގެމަތިން، ޖުވެނައިލް ކޯޓުގެ އަހަރު މެދު ރިސެސް މިއަދު 09 ޖޫން 2016 އިން ފެށިގެން ފަށައިފިއެވެ. ޖުވެނައިލް ކޯޓުން އަހަރު މެދު ރިސެސްއަށް ދިއުމަށް ނިންމާފައިވާ މުއްދަތަކީ 90 ޖޫން 2016 އިން ފެށިގެން 18 ޖޫން 2016 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި މައްސަލަތައް ބަލައިގަތުމާއި، ރިޕޯޓު ދޫކުރުމާއި، ޝަރީޢަތްތަކާއި ގުޅޭ ލިޔުންތައް ދޫކުރުންފަދަ އިދާރީ އެންމެހައި މަސައްކަތްތައް ކުރިޔަށް ގެންދެވޭނެއެވެ.

ރެހެންދި ސްކޫލްގެ ދަރިވަރުންނަށް ކޯޓާގުޅޭ މަޢުލޫމާތުދިނުމުގެ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފި
ޕަބްލިޝްކުރެވުނު ތާރީޚް: 2016-03-07
ުވެނައިލް ކޯޓާއި ކޯޓުން ކުރާ މަސައްކަތްތަކާބެހޭގޮތުން ދަރިވަރުން ހޭލުންތެރި ކުރުވުމަށްޓަކައި، ރެހެންދި ސްކޫލްގެ ދަރިވަރުންނަށް ކޯޓާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ކުރިޔަށް ގެންގޮސްފިއެވެ.
05 މާރިޗް 2016 ވަނަ ދުވަހު ދެދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ރެހެންދީ ސްކޫލުގެ ގްރޭޑް 09 ގެ 50 ދަރިވަރުންނާއި 07 ޓީޗަރުން ބައިވެރިވެފައި ވެއެވެ. މަޢުލޫމާތު ދިނުމުގެ މި ބައްދަލުވުން ކުރިޔަށް ގެންދިޔައީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރެއިނިންގ ހޯލުގައެވެ…

2015 ވަނަ އަހަރުގެ ތަފާސްހިސާބު ރިޕޯޓު
ޕަބްލިޝްކުރެވުނު ތާރީޚް: 2016-02-24
2015 ވަނަ އަހަރު ޖުވެނައިލް ކޯޓުގެ ތަފާސްހިސާބުގެ މައްޗަށް ބަލާލެވިފައިވާ، މި ކަރުދާހުގައި، ހިމެނިފައިވާނީ ޖުވެނައިލް ކޯޓަށް 2015 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ތަފާސްހިސާބުތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ތެރެއިން ބަންދާއިމެދު ގޮތެއް ނިންމުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކެވެ…

ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ގެ 19 ވަނަ ބުރުގައި ފެސިލިޓޭޓަރެއްގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.
ޕަބްލިޝްކުރެވުނު ތާރީޚް: 2016-02-15
7 ފެބުރުވަރީ 2016 އިން 11 ފެބުރުވަރީ 2016 އަށް، ހއ. ދިއްދޫގައި ކުރިޔަށް ގެންދެވުނު ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގގެ 19 ވަނަ ބުރުގައި ޖުވެނައިލް ކޯޓުގެ ފަރާތުން ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެއްޖެއެވެ. މި ޓްރެއިނިންގގައި ފެސިލިޓޭޓަރުންގެ ގޮތުގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެފައިވަނީ، ޤާޟީ މުޙައްމަދު ނަޢީމާއި ރަޖިސްޓްރާރ ޒަޢީމާ ނަޝީދު އަބޫބަކުރެވެ…

ޖުވެނައިލް ކޯޓުގެ މުވައްޒަފުންނަށް އެންޓި ކޮރަޕްޝަންއާބެހޭ ޓްރޭނިންގ ސެޝަންތަކެއް ބާއްވައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2016-01-25
ޖުވެނައިލް ކޯޓުގެ މުވައްޒަފުންނަށް އެންޓި-ކޮރަޕްޝަން ޓްރެއިނިންގ ވޯކްޝޮޕެއް 23 ޖަނަވަރީ 2016 ވީ ހޮނިހިރު ދުވަހު ބާއްވައިފިއެވެ. މި ޓްރޭނިންގ ޕްރޮގްރާމު ކުރިއަށް ގެންދެވިފައިވަނީ، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެންނެވެ. 6 ގަޑިއިރުގެ މި ޓްރޭނިންގ ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ ދެ ސެޝަނަކަށް ބަހާލެވިގެން ކޮންމެ ސެޝަނެއް ތިން ގަޑިއިރަށެވެ. މި ވޯކްޝޮޕްގައި ޖުވެނައިލް ކޯޓުގެ ފަނޑިޔާރުން ފިއަވައި، ހުރިހާ ލެވެލްއަކުން 22 މުވައްޒަފުން ބައިވެރިވެފައި ވެއެވެ…

2015 ވަނަ އަހަރު ނިމުނު މައްސަލަތަކުގެ ރިޕޯޓްތައް ކޯޓުގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިއްޖ
ޕަބްލިޝްކުރެވުނު ތާރީޚް: 2016-01-13
2015 ވަނަ އަހަރު ޖުވެނައިލް ކޯޓުން ނިންމި މައްސަލަތަކުގެ ރިޕޯޓްތައް ވެބްސައިޓަށް އަޕްލޯޑް ކުރެވިއްޖެއެވެ. 2015 ވަނަ އަހަރު ޖުވެނައިލް ކޯޓުން ނިންމި މައްސަލަތަކުގެ ތެރެއިން، ހެކިން ސިއްރުކޮށްދިނުމަށް އެދިފައިވާ މައްސަލަތައް ފިޔަވައި، އެހެން ހުރިހާ މައްސަލައެއްގެ ރިޕޯޓް މިހާރު ޖުވެނައިލް ކޯޓުގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ކުޑަކުދިންގެ މައްސަލަތަކަކީ ސިއްރު މައްސަލަތަކަކަށް ވުމުން، މި މައްސަލަތައް ވެބްސައިޓަށް އަޕްލޯޑް ކޮށްފައިވަނީ، ކުއްޖާއާ ގުޅުންހުރި އެންމެހައި މަޢުލޫމާތުތައް އުނިކުރުމަށްފަހުގައެވެ…

ޖުވެނައިލް ކޯޓާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން އިސްލާމިކް ކައުންސެލިން ސެޝަންތަކެއް ކުރިއަށް ގެންގޮސްފި
ޕަބްލިޝްކުރެވުނު ތާރީޚް: 2015-12-31
ކުށްކުރާ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި، ޖުވެނައިލް ކޯޓުން އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން އިސްލާމިކް ކައުންސެލިންގ ސެޝަންތަކެއް ކުރިޔަށް ގެންގޮސްފިއެވެ. މިއަހަރުގެ އޭޕްރީލް މަހު ކުރިޔަށް ގެންދަން ފެށުނު މި ސެޝަންތަކަށް ކުޑަ މެދުކެނޑުމެއް އައުމަށްފަހު، މިހާރުވަނީ އަލުން މި ސެޝަންތައް ކުރިޔަށް ގެންދަން ފެށިފައެވެ. މިގޮތުން ސެޝަންތައް ކުރިޔަށް ގެންދެވުނު ފަސްމަސް ދުވަސް ތެރޭގައި، ޖުމްލަ 15 ކުއްޖަކަށް އިސްލާމިކް ކައުންސެލިން ސެޝަން ކުރިއަށް ގެންދެވިފައިވެއެވެ…

ޙުކުމް ތަންފީޛުކުރުމަށްޓަކައި އިސްލާޙީ މަރުކަޒެއް (ޖުވެނައިލް ޑިޓެންޝަން ސެންޓަރ) ގައި ބޭތިއްބުމަށް ޖުވެނައިލް ކޯޓުން ފުރަތަމަ ފަހަރަށް ޙުކުމްކޮށްފި
ޕަބްލިޝްކުރެވުނު ތާރީޚް: 2015-12-02
''ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙްޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު'' ގެ 17 ވަނަ މާއްދާގެ (ށ) އާއި ދިވެހިރާއްޖެ ބައިވެރިވެ ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެ މުޢާހަދާތަކުގެ ދަށުން އެކުލަވާލެވިފައިވާ ގައިޑްލައިންސްތަކަށް ރިޢާޔަތްކޮށްކޮށް، ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައަކާއި ގުޅިގެން 15 އަހަރާއި 18 އަހަރުގެ ކުއްޖަކު، ކުށްކުރާ ކުދިން ބޭތިއްބުމަށް ޤާއިމްކޮށްފައިވާ އިޞްލާޙީ މަރުކަޒެއް (ޖުވެނައިލް ޑިޓެންޝަން ސެންޓަރ) ގައި ބައިތިއްބައިގެން ޙުކުމް ތަންފީޛުކުރުމަށް ޖުވެނައިލް ކޯޓުން ފުރަތަމަ ފަހަރަށް ޙުކުމްކޮށްފިއެވެ…

ނޫރު އާދަމް ޙަސަންފުޅުގެ މަރުގެ މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހަޅައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2015-11-23
29 މާރިޗް 2015 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގެ އިމަރޖެންސީ ގޭޓް ކުރިމަތީގައި ހިނގައިދިޔަ ޙާދިސާގައި ނިޔާވެފައިވާ، ދަފްތަރު ނަންބަރު 074/ ނޫރު އާދަމް ޙަސަންފުޅުގެ މަރުގެ މައްސަލަ 22 ނޮވެންބަރު 2015 ވަނަ ދުވަހު ޖުވެނައިލް ކޯޓުން ހައިކޯޓަށް އިސްތިއުނާފް ކުރުމަށް ހުށަހަޅައިފިއެވެ…

ކުދިން ބައިތިއްބާ މަރުކަޒުތަކާ ގުޅޭގޮތުން ޖުވެނައިލް ޖަސްޓިސް ޔުނިޓާއެކު މިއަދު ބައްދަލުވުމެއް ބޭއްވިއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2015-11-12
''ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙުޤީޤުކޮށް އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާއިދު'' ގެ 17 ވަނަ މާއްދާގެ (ށ) ގެ ދަށުން، ކުށްކުރާ ކުދިން އިޞްލާޙީ މަރުކަޒެއްގައި ނުވަތަ ޑިޓެންޝަން ސެންޓަރެއްގައި ބޭތިއްބުމަށް ކަނޑައެޅުމުގެ އިޚްތިޔާރު ޤާޟީއަށް ލިބިދީފައިވާތީ، މިމަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ މިންވަރު ބަލައި، އެކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުގައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓާއެކު މިއަދު ޖުވެނައިލް ކޯޓުގައި ބައްދަލުވުމެއް ބޭއްވިއްޖެއެވެ.

އަސީލްގެ މަރުގެ މައްސަލައާ ގުޅިގެން އިތުރު ދެ ޚަބީރެއްގެ ރައުޔު ނަގައިފި.
ޕަބްލިޝްކުރެވުނު ތާރީޚް: 2015-09-14
23 އޯގަސްޓް 2014 ދުވަހު 20:45 އެހައިކަށްހައިއިރު، ދިދިގޯޅި ތެރޭގައި ހުންނަ ''އަގޯރާ އެކްސްޕްރެސް'' ފިހާރަ ކުރިމަތީގައި ބަޔަކު ތިއްބައި، ސައިކަލުތަކެއްގައި އެތަނަށް ދިޔަ ބަޔަކު، އެތާ ތިބި މީހުންނަށް ތޫނު އެއްޗަކުން ޙަމަލާދިނުމުގެ ސަބަބުން، ލިބުނު އަނިޔާތަކަށް ބޭސްފަރުވާކުރަމުން ދަނިކޮށް ތ.ތިމަރަފުށި ބުލޫނިޔާގެ އަސީލް އަޙްމަދު މަރުވެފައިވާތީ، ޤާނޫނު ނަންބަރ 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ދެ ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ 12 ފެބްރުވަރީ 2015 ވަނަ ދުވަހު، ދައުލަތުން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެކިތަކުގެ ތެރެއިން ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓު ތައްޔާރުކޮށްފައިވާ ޚަބީރެއްގެ ރައުޔާއި، އަސީލް އަޙްމަދުގެ ޑެތް ސަރޓިފިކެޓް ތައްޔާރުކުރި ޑޮކްޓަރގެ ރައުޔު މިއަދު ނަގައިފިއެވެ.
މި މައްސަލަ 16 ނޮވެންބަރ 2015 ވަނަ ދުވަހަށް ޝެޑިއުލްކުރެވިފައިވާއިރު، އެ ދުވަހުގެ މަޖިލީހުގައި، އަނިޔާލިބުނު ފަރާތުގެ މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރުކުރި ފަރާތުގެ އެކްސްޕާރޓް އޮޕީނިއަން ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އަސީލްގެ މަރުގެ މައްސަލައާ ގުޅިގެން ދެ ޚަބީރެއްގެ ރައުޔު ނަގައިފި.
ޕަބްލިޝްކުރެވުނު ތާރީޚް: 2015-08-18
23 އޯގަސްޓް 2014 ދުވަހު 20:45 އެހައިކަށްހައިއިރު، ދިދިގޯޅި ތެރޭގައި ހުންނަ ''އަގޯރާ އެކްސްޕްރެސް'' ފިހާރަ ކުރިމަތީގައި ބަޔަކު ތިއްބައި، ސައިކަލުތަކެއްގައި އެތަނަށް ދިޔަ ބަޔަކު، އެތާ ތިބި މީހުންނަށް ތޫނު އެއްޗަކުން ޙަމަލާދިނުމުގެ ސަބަބުން، ލިބުނު އަނިޔާތަކަށް ބޭސްފަރުވާކުރަމުން ދަނިކޮށް ތ.ތިމަރަފުށި ބުލޫނިޔާގެ އަސީލް އަޙްމަދު މަރުވެފައިވާތީ، ޤާނޫނު ނަންބަރ 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ދެ ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ 12 ފެބްރުވަރީ 2015 ވަނަ ދުވަހު، ދައުލަތުން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެކިތަކުގެ ތެރެއިން ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރުކޮށްފައިވާ ޚަބީރުންގެ ބަސް މިއަދު ނަގައިފިއެވެ. ކުރިޔަށް މި މައްސަލަ 24 އޯގަސްޓު 2015 ވަނަ ދުވަހަށް ޝެޑިއުލްކުރެވިފައިވާއިރު، އެ ދުވަހުގެ މަޖިލީހުގައި ކިތާބީ ހެކިތަކުގެ ތެރޭގައި ހިމެނޭ މެޑިކޯ ލީގަލް ރިޕޯޓާ ގުޅިގެން އެ ރިޕޯޓު ތައްޔާރު ކުރެއްވި ޚަބީރުންގެ ރައުޔު ނެގުމަށް ވަނީ ހަމަޖެހިފައެވެ.

އަސީލްގެ މަރުގެ މައްސަލައާ ގުޅިގެން ދަޢުވާލިބޭ ދެ ކުދިންގެ ފަރާތުން ހުށަހެޅި ދިފާޢީ ހެކިންގެ ހެކިބަސް ނަގައި ނިމިއްޖެ.
ޕަބްލިޝްކުރެވުނު ތާރީޚް: 2015-07-09
23 އޯގަސްޓް 2014 ދުވަހު 20:45 އެހައިކަށްހައިއިރު، ދިދިގޯޅި ތެރޭގައި ހުންނަ ''އަގޯރާ އެކްސްޕްރެސް'' ފިހާރަ ކުރިމަތީގައި ބަޔަކު ތިއްބައި، ސައިކަލުތަކެއްގައި އެތަނަށް ދިޔަ ބަޔަކު، އެތާ ތިބި މީހުންނަށް ތޫނު އެއްޗަކުން ޙަމަލާދިނުމުގެ ސަބަބުން، ލިބުނު އަނިޔާތަކަށް ބޭސްފަރުވާކުރަމުން ދަނިކޮށް ތ.ތިމަރަފުށި ބުލޫނިޔާގެ އަސީލް އަޙްމަދު މަރުވެފައިވާތީ، ޤާނޫނު ނަންބަރ 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ދެ ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ 12 ފެބްރުވަރީ 2015 ވަނަ ދުވަހު، ދައުލަތުން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ދަޢުވާ ލިބޭ ފަރާތްތަކުން ދިފާޢުގައި ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގައި ނިމިއްޖެއެވެ. ދަޢުވާލިބޭ ކޮންމެ ކުއްޖެއްގެ ފަރާތުންވެސް ދިފާޢުގައި ހުށަހަޅާފައިވަނީ ދެ ހެކިންނެވެ……

2015 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތަފާސްހިސާބު ރިޕޯޓް
ޕަބްލިޝްކުރެވުނު ތާރީޚް: 2015-07-05
2015 ވަނަ އަހަރު ޖުވެނައިލް ކޯޓުގެ ތަފާސްހިސާބުގެ މައްޗަށް ބަލާލެވިފައިވާ، މި ކަރުދާހުގައި، ހިމެނިފައިވާނީ ޖުވެނައިލް ކޯޓަށް 2015 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ ތަފާސްހިސާބުތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ކުދިންގެ ތެރެއިން ބަންދާއިމެދު ގޮތެއް ނިންމުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކުގެ އިތުރުން ކޯޓުން ކުރިއަށް ގެންދާ އިޞްލާޙީ ޕްރޮގްރާމުގެ މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތަފާސްހިސާބެވެ………

ނޫރު އާދަމް ޙަސަންފުޅުގެ އިތުރު 6 ވާރިޘެއްގެ ބަސް ނަގަންފަށައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2015-06-14
29 މާރިޗު 2015 ދުވަހު 01:42 އެހައިކަށްހައިއިރު، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިމަޖެންސީ ގޭޓު ކުރިމަތީގައި ވަޅިއަކުން ހަމަލަދީ މަރާލާފައިވާ ދަފްތަރު ނަންބަރު 074 ނޫރު އާދަމް ޙަސަންފުޅުގެ އިތުރު 6 ވާރިޘެއްގެ ބަސް ކޯޓުން ނަގައިފިއެވެ. އައްޑޫ ސިޓީގެ ހިތަދޫ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް ނަގާފައިވާ 04 ވާރިޘަކު ބޭނުންވަނީ މަރަށް މަރު ހިފުމަށެވެ.

ދުނިޔޭގެ ތިމާވެށި ދުވަހާއި ގުޅުވައިގެން ޖުވެނައިލް ކޯޓުގައި ސާފުކުރުމުގެ ދުވަހެއް ފާހަގަކޮށްފި
ޕަބްލިޝްކުރެވުނު ތާރީޚް: 2015-06-10
06 ޖޫން 2015 ވީ ހޮނިހިރު ދުވަހު، ޖުވެނައިލް ކޯޓު ސާފުކުރުމުގެ ދުވަހެއް، ކޯޓުގެ މުވައްޒަފުން ކުރިޔަށް ގެންގޮސްފިއެވެ. މި ޙަރަކާތުގެ ދަށުން، ކޯޓުގެ އެތެރޭގެ ހުރިހާ ތަންތަނާއި، ކޯޓުގެ ގޯތިތެރެއާއި ގަސްއިންދާބަޔާއި، ކޯޓުގެ ހުރިހާ ފުރާޅުތަކަކާއި ދިޔަދޮވިފަދަ ތަންތަންވެސް ސާފުކުރެވިފައިވެއެވެ. ކޯޓު ސާފުކުރުމުގެ މި ޙަރަކާތް ކުރިޔަށް ގެންދެވިފައިވަނީ، އެދުވަހުގެ ހެނދުނު 10:00 އިން ހަވީރު 17:30 ގެ ނިޔަލަށެވެ.

ނޫރު އާދަމް ޙަސަންފުޅުގެ މަރުގެ މައްސަލައިގާ ވާރިޘުންގެ ބަސް ނަގަންފަށައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2015-06-08
29 މާރިޗު 2015 ދުވަހު 01:42 އެހައިކަށްހައިއިރު، ދަފްތަރު ނަންބަރު 074 ނޫރު އާދަމް ޙަސަންފުޅު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިމަޖެންސީ ގޭޓު ކުރިމަތިން ބުރުޒު މަގުގައި ޕާކްކޮށްފައިވާ ސައިކަލްތަކާ އަރާ ހަމަވި ވަގުތު ސައިކަލް ތަކެއްގައި އައި ބަޔަކު އޭނާއަށް ވަޅިއަކުން ހަމަލަދީ ޒަޚަމްކޮށްލާފައިވަނިކޮށް، އެރޭ އޭނާ ނިޔާވެފައިވާ މައްސަލައާގުޅިގެން ދައުލަތުން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލުމާއި، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ މައްސަލައިގެ ވާރިޘުންގެ ބަސްނަގަންފަށައިފިއެވެ. ނޫރު އާދަމް ޙަސަންފުޅުގެ ވާރިޘުންކަމަށް ބަޔާންކޮށް ކޯޓަށް ހުށަހެޅިފައިވަނީ 11 ވާރިޘެކެވެ. މިގޮތުން ވާރިޘުންގެ ގޮތުގައި ތިބި 11 ވާރިޘުންގެ ތެރެއިން މިހާތަނަށް 04 ވާރިޘެއްގެ ބަސްވަނީ ނެގިފައެވެ. އަދި 10 ޖޫން 2015 ވަނަ ދުވަހާއި 14 ޖޫން 2015 ވަނަ ދުވަހުގައިވެސް ވާރިޘުންގެ ބަސްނެގުމަށްވަނީ ހަމަޖެހިފައެވެ.

ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2015-06-07
ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި

15 ޖުލައި 2013 ވަނަ ދުވަހު 02:23 އެހައިކަށްހައިއިރު، ލ.ގަން/ތުނޑި،ވުޑްލޭންޑް އަޙްމަދު ނިޒާރަށް ބަޔަކު ޙަމަލާދިނުމުގެ ސަބަބުން އަޙްމަދު ނިޒާރު މަރުވެފައިވާތީ އެމައްސަލައާ ގުޅިގެން ޓެރަރިޒަމްގެ ކުށުގެ ދައުވާލިބޭ ކުއްޖާގެ މައްޗަށް މިއަދު ޙުކުމް ކޮށްފި
ޕަބްލިޝްކުރެވުނު ތާރީޚް: 2015-05-28
15 ޖުލައި 2013 ދުވަހު 02:23 އެހައިކަށްހައިއިރު، ލ.ގަން/ތުނޑި،ވުޑްލޭންޑް އަޙްމަދު ނިޒާރު ލ.ގަން ސިނާއީމަގުން ދެކުނުން އުތުރަށް ސައިކަލުގައި ދުއްވާފައި ދަނިކޮށް، އެމަގުގެ މުކުރިމަގު ދިރާގު އެންޓަނާ ހުންނަ ސަރަހައްދާކައިރިން، ބަޔަކު ލަކުޑިބުރިއާއި ދަގަނޑުބުރިން އަޙްމަދު ނިޒާރުއަށް ޙަމަލާދިނުމުގެ ސަބަބުން އަޙްމަދު ނިޒާރު މަރުވެފައިވާތީ އެމައްސަލައާ ގުޅިގެން ޤާނޫނު ނަންބަރު 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ހ)އާ ޙަވާލާދީ، އެޤާނޫނުގެ 6 ވަނަ މާއްދާގެ (ހ)ގެ ދަށުން ޓެރަރިޒަމްގެ ދަޢުވާ 19 މާރިޗް 2014 ވަނަ ދުވަހު ދައުލަތުން ޖުވެނައިލް ކޯޓަށް ހުށަހަޅައި، 28 މެއި 2015 ވަނަ ދުވަހު އެމައްސަލާގައި އެކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުން ޙުކުމް ކޮށްފިއެވެ...........

23 އޯގަސްޓް 2014 ވަނަ ދުވަހު ދިދި ގޯޅީގައި ހިނގައިދިޔަ މާރާމާރީއާ ގުޅިގެން ހުށަހެޅިފައިވާ ޓެރަރިޒަމްގެ ދަޢުވާއާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ހެކިބަސް ނަގައި ނިމިއްޖެ.
ޕަބްލިޝްކުރެވުނު ތާރީޚް: 2015-05-25
23 އޯގަސްޓް 2014 ދުވަހު 20:45 އެހައިކަށްހައިއިރު، ދިދިގޯޅި ތެރޭގައި ހުންނަ ''އަގޯރާ އެކްސްޕްރެސް'' ފިހާރަ ކުރިމަތީގައި ބަޔަކު ތިއްބައި، ސައިކަލުތަކެއްގައި އެތަނަށް ދިޔަ ބަޔަކު، އެތާ ތިބި މީހުންނަށް ތޫނު އެއްޗަކުން ޙަމަލާދިނުމުގެ ސަބަބުން، ލިބުނު އަނިޔާތަކަށް ބޭސްފަރުވާކުރަމުން ދަނިކޮށް ތ.ތިމަރަފުށި ބުލޫނިޔާގެ އަސީލް އަޙްމަދު މަރުވެފައިވާތީ، ޤާނޫނު ނަންބަރ 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ދެ ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ 12 ފެބްރުވަރީ 2015 ވަނަ ދުވަހު، ދައުލަތުން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ހެކިބަސް ނަގައި މިއަދު ނިމިއްޖެއެވެ. މި މައްސަލާގައި ދަޢުވާލިބޭ ކުދިންނާ ދެކޮޅަށް ދައުލަތުން ޝަފަހީ ހެކިންގެ ގޮތުގައި 05 މީހަކު ހުށަހަޅާފައިވާއިރު، މީގެ ތެރެއިން 04 މީހަކު ދެ ކުދިންގެ މައްޗަށް ހެކިބަސްދީފައިވާއިރު އެކަކު ހެކިބަސް ދީފައިވަނީ އެއް ކުއްޖެއްގެ މައްޗަށެވެ. ދައުލަތުގެ މި ހެކިންގެ ހެކިބަސް ނަގާފައިވަނީ، ކާކުކަން ނޭނގޭގޮތަށް އަޑުބަދަލްކޮށްގެން ސިއްރު ހެކިބަހެއްގެ ގޮތުގައެވެ. މި މައްސަލައާ ގުޅިގެން، ދެން އޮންނަ ދެ އަޑުއެހުމުގައި އޮންނާނީ، ދަޢުވާލިބޭ ކުދިންގެ ފަރާތުން ދިފާޢުގައި ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.

ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ގެ 18 ވަނަ ބުރުގައި ފެސިލިޓޭޓަރެއްގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.
ޕަބްލިޝްކުރެވުނު ތާރީޚް: 2015-05-17
10 މެއި 2015 އިން 14 މެއި 2015 އަށް، ޖުވެނައިލް ޖަސްޓިސް ޔުނިޓުގައި ބޭއްވުނު، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގގެ 18 ވަނަ ބުރުގައި ޖުވެނައިލް ކޯޓުގެ ފަރާތުން ފެސިލިޓޭޓަރެއްގެ ގޮތުގައި ބައިވެރިވެއްޖެއެވެ. މި ޓްރެއިނިންގގައި ފެސިލިޓޭޓަރެއްގެ ގޮތުގައި، ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެފައިވަނީ، ރަޖިސްޓްރާރ ޒަޢީމާ ނަޝީދު އަބޫބަކުރެވެ. މިޓްރެއިނިންގއަކީ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް އަހުލުވެރިކުރުމުވުމުގެ ގޮތުން ރެސްޓޮރެޓިވް ޖަސްޓިސް ފަލްސަފާގެދަށުން، ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ އުޞޫލުތަކާމެދު، މާލޭގައި ޤާއިމްވެފައިހުރި ކުޑަކުދީންނާއިއެކު މަސައްކަތްކުރައްވާ މުއައްސަސާތަކުގެ ކަމާގުޅޭ މުވައްޒަފުންނާއި ފުލުހުންނާއި ކަރެކްޝަނަލް ސަރވިސްގައި މަސައްކަތް ކުރައްވާ އިސްފަރާތްތަކާއި ސްކޫލްތަކުގެ އިސްބޭފުޅުންނަށް އަމާޒުކޮށްގެން ބޭއްވުނު ޓްރެއިނިންގ އެކެވެ. މި ޓްރެއިންނިންގައި ޖުމުލަ 33 ފަރާތަކުން ބައިވެރިވެފައިވެއެވެ.

24 ޑިސެމްބަރ 2013 ވަނަ ދުވަހު މއ.އައިޝާ/މާލެ ޙުސައިން ވަޙީދު މަރާލައިފައިވާ މައްސަލާގައި ޤަޞްދުގައި މީހަކު މަރާލުމާއި ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާލިބޭ ދެކުދިންގެ މައްޗަށް މިއަދު ޙުކުމް ކޮށްފި
ޕަބްލިޝްކުރެވުނު ތާރީޚް: 2015-05-11
24 ޑިސެމްބަރ 2013 ވަނަ ދުވަހު 22:30 އެހައިކަންހާއިރު، މއ.އައިޝާ/މާލެ ޙުސައިން ވަޙީދު މަރާލައިފައިވާ މައްސަލައާ ގުޅިގެން، ޤަޞްދުގައި މީހަކު މަރާލުމާއި ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ 19 މެއި 2014 ވަނަ ދުވަހު ދައުލަތުން ޖުވެނައިލް ކޯޓަށް ހުށަހަޅައި، 11 މެއި 2015 ވަނަ ދުވަހު އެމައްސަލާގައި އެދެކުދީންގެ މައްޗަށް ޖުވެނައިލް ކޯޓުން ޙުކުމް ކޮށްފިއެވެ.
މި މައްސަލާގެ ޙުކުމް ކުރުމަށްޓަކައި މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި މިދެކުދީންގެ މައްޗަށް ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ، މިދެކުދިންގެ ތެރެއިން ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ ކުއްޖާގެ މައްޗަށް ދައުލަތުން ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ޝަފަހީ ހެކީންގެ ތެރެއިން، 05 (ފަހެއް) ހެއްކަކު، ހިނގައިދިޔަ ޙާދިސާގައި މ. ޢާއިޝާ/މާލެ ޙުސައިން ވަޙީދުގެ މެޔަށް ވަޅިހެރީ އެ ކުއްޖާކަމަށް ބުނެ ޝަރީޢަތުގައި މާތް ﷲ ގަންދީ ހުވާ ކޮށް ހެކިބަސް އަދާކޮށްފައިވާތީއާއި، އަދި ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ ކުއްޖާގެ މައްޗަށް ދައުލަތުން ހުށަހެޅި ޝަފަހީ ހެކީގެ ތެރެއިން 03 (ތިނެއް) ހެކީންގެ ބަހުންވެސް، މިޙާދިސާ ހިނގި ވަގުތު އެ ސަރަޙައްދުން އެރޭ އޭނާ ފެނިފައިވާކަމާއި، ޙުސައިން ވަޙީދާމެދު މާރާމާރީ ހިންގި ގުރޫޕާދިމާއަށް އެނބުރިގެން 10 (ދިހައެއް) ވަރަކަށް ފޫޓު ދުރުގައި ސައިކަލުމަތީގައި އިންތަން ފެނިފައިވާކަމަށާއި އަދި ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ ކުއްޖާ، ޙުސައިން ވަޙީދުގެ މެޔަށް ވަޅި ހެރުމަށްފަހު އެ ކުއްޖާ ދުއްވަން އިން ސައިކަލުގެ ފަހަތަށް ވަޅިހެރި ކުއްޖާ އަރައިގެން ދިޔަކަމަށްބުނެ މާތް ﷲ ގަންދީ ހުވާ ކޮށް ހެކިބަސް އަދާކޮށްފައިވާތީއާއި، އަދި މިދެކުދީން މިކަމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ އިތުރުބަޔަކާއެކު، މއ.ކިސްމިރީގޭ ކައިރީގައި ވާހަކަ ދައްކަން ތިބިކަން އެނގޭކަމާއި އަދި އެތަނުގައި ވާހަކަ ދައްކަން ތިބުމަށްފަހު، ސައިކަލުތަކުގައި މިމީހުން ބުރުޒުމަގުގައި ހުންނަ ކޮފީ ކޯނަރ ކައިރިއަށް ދިޔަކަމާއި، އެތަނުގައި މާރާމާރީ ހިންގިކަން އެނގެން އޮތްކަމާއި އަދި މި މާރާމާރީ ހިންގުމަށްފަހު މި ދެކުދީން މިމާރާމާރީގައި ބައިވެރިވި މީހުންނާއެކު ފިލައިގެން އުޅުނުކަން މި މައްސަލަ ތަޙުޤީޤު ކުރިފަރާތުން ޝަރީޢަތަށް ދީފައިވާ ބަޔާނުން އެނގެން އޮތްކަމާއި، އަދި މެޑިކޯ ލީގަލް ރިކޯޑުން ޙުސައިން ވަޙީދު މަރުވުމަށް ދިމާވި ސަބަބަކީ، ހިތުގެ ފަށަލައަށް ތޫނު އެއްޗަކުން ދީފައިވާ ޒަޚަމްގެ ސަބަބުން އެތެރެއަށް ލޭ ހޮޅިތައް ފަޅައިގެން ދިއުމުން ހިތް މަސައްކަތް ކުރާ ވަރަށް މަސައްކަތް ނުކުރުމުގެ ސަބަބުން، ސިކުނޑިއަށް ލޭ ދައުރުކުރުމަށް ބޭނުންވާ އޮކްސިޖަން އެކުލެވިގެންވާ ލޭ ( އޮކްސިޖެނޭޓެޑް ލޭ) ދައުރުނުވެ ހޭވެރިކަން ދިއުމުގެ ސަބަބުން އާދަޔާ ޚިލާފަށް ނޭވާލާން އުނގަދޫވެ، ނޭވާހުއްޓިގެންކަން އެނގެން އޮތްކަމާއި އަދި ޙުސައިން ވަޙީދަށް ފަރުވާދިން ފަރާތްކަމަށްވާ ޑޮކްޓަރު ޙައްމާދު އާދަމްވެސް، ޙުސައިން ވަޙީދު ހޮސްޕިޓަލަށް ގެންދެވުނުއިރު އޭނާގެ މެއަށް ތޫނު އެއްޗަކުން ލިބިފައިވާ ޒަޚަމަކުން ހޯސްލާފައި ލޭފައިބަމުން ދިޔަކަމަށާއި އެހެންކަމުން ހުސައިން ވަޙީދު ނިޔާވެފައިވަނީ، އޭނާގެ ހަށިގަނޑުން ފައިބަމުން ދިޔަ ލޭ ކޮންޓްރޯލް ނުކުރެވި އޭނާގެ ފުރާނަ ސަލާމަތް ނުކުރެވިގެންކަމަށް ޝަރީޢަތުގައި ބުނެފައިވާތީ، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ ކުއްޖާގެ މިޢަމަލު ( މަރުގެ ފިޢުލް ) އާއި މިޢަމަލުން ނުކުތް ނަތީޖާ ސަބަބުގެ ގޮތުން ގުޅިފައިވާކަމާއި، އަދި ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ ކުއްޖާ، ޙުސައިން ވަޙީދުގެ މެޔަށް ވަޅި ހެރުމަށް ފަހު ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ ކުއްޖާގެ ސައިކަލު ފަހަތަށް އަރައިގެން ދިޔަތަން ދުށްކަމަށްބުނެ 03 ( ފިރިހެނުން) ހެކިންގެ ޢަދުލުވެރިކަން ނަފީކުރާފަދަ ސަބަބެއް ނެތް ޙާލަތެއްގައި ހެކިބަސް އަދާކޮށްފައި ވުމުން، އޭނާގެ މިޢަމަލަކީ ޤާނޫނުލްޢުޤޫބާތުގެ 12 އަދި 13 ވަނަ މާއްދާގައި ބުނާ '' ކުށެއްގައި ބައިވެރިވުން '' ނުވަތަ '' ކުށެއްކުރުމަށް އެހީތެރިވުން '' ކަން މައްސަލާގައި ހުށަހެޅިފައިވާ ކިތާބީ ހެކިތަކާއި ޤަރީނާތަކުން އެނގޭތީއާއި އަދި ޤާނޫނުލްޢުޤޫބާތުގެ 14 ވަނަ މާއްދާގައި، '' ކުށްކުރިއިރު އޭނާ ޙާޟިރުގައި ހުރެ އެކުށްކުރުމުގެ ޢަމަލެއްގައި ބައިވެރިވެ ނުވަތަ ކުށްކުރި ބަޔަކު ސަލާމަތްވުމަށް އެވަގުތު ފަސޭހަވާފަދަ އެއްވެސް ޢަމަލެއް ކުރިނަމަ އޭނާ އެކުށްކުރީ ކަމުގައި ވާނެއެވެ.'' މިހެން އޮންނަ އޮތުމުގެ މައްޗަށް ރިޢާޔަތްކޮށް، ތޫނު ހަތިޔާރުން މީހުންނަށް ޙަމަލާދިނުމަކީ އިސްލާމީ ޝަރީޢަތުގައި ޖިނާޔަތުގެ ތެރޭގައި ހިމެނޭ އަނިޔާވެރި ޢަމަލެއްކަމާއި އަދި އެއީ އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކުށުގެ ޢަމަލެއްކަމަށްވުމާއި އަދި ހަމައެހެންމެ، ޝަރުޢީ އަމުރަކަށް ނުކިޔަމަންތެރިވުމަކީ، ކުށެއްކަމަށް ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވުމާއި، މިފަދަ ކުށުގެ ޢަމަލެއްގެ ސަބަބުން މީހަކު މަރުވެއްޖެނަމަ، އެކުށް ކުރި މީހެއްގެ އަދަބަކީ، އިސްލާމީ ޝަރީޢަތުގައި އޮންނަ އަދަބުކަމަށް ޤަނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެގެންވާތީ، އިސްލާމީ ޝަރީޢަތުގައި ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބަކީ، މަރުވިމީހާގެ ވާރިޘުން އެދޭނަމަ، ޤާތިލުގެ ކިބައިން ޤިޞާޞް ހިފުން، އެބަހީ: (މަރަށްމަރުހިފުން) ކަމާއި، މއ. ޢާއިޝާ/މާލެ ޙުސައިން ވަޙީދުގެ ވާރިޘުންގެ ގޮތުގައި ހިމެނޭ 09 (ނުވައެއް) ވާރިޘުންވެސް ބޭނުންވަނީ، ޙުސައިން ވަޙީދުގެ ޤާތިލުންގެ ކިބައިން މަރަށްމަރު ހިފުމަށް ކަމަށް އެމީހުން ޝަރީޢަތުގައި ބުނެފައިވުމާއެކު، އިސްލާމީ ޝަރީޢަތުގައިވާގޮތުގެ މަތީން، މިދެކުދީންނަށް ދޭންޖެހޭ އަދަބަކީ، މަރުގެ އަދަބުކަމަށްވުމުން، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކޮށްފައިވާ ކުއްޖާއާއި، ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ ކުއްޖާއާ، މިދެކުދީން މެރުމަށް ޙުކުމްކޮށް، އެމައްސަލަ ނިންމާފައިވެއެވެ.

ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމާބެހޭ ގޮތުން ބޭއްވި ފޯރަމްގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.
ޕަބްލިޝްކުރެވުނު ތާރީޚް: 2015-05-07
"ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުން” މިތީމުގެ ދަށުން ޖުވެނައިލް ޖަސްޓިސް ޔުނިޓާއި ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވަރސިޓީއާއި ޕަބްލިކް ސަރވިސް މީޑިޔާ ގުޅިގެން ބޭއްވި ފޯރަމްގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ. މިފޯރަމްގެ ޕެނަލްގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވީ، ޖުވެނައިލް ކޯޓުގެ ރަޖިސްޓްރާރ އަލްއުސްތާޛާ ޒަޢީމާ ނަޝީދު އަބޫބަކުރެވެ. އަދި މީގެ އިތުރުން، ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ އެގްޒެކެޓިވް ޑިރެކްޓަރ ޙާމިދު ޔޫސުފާއި އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަރީފާއި ޕަބްލިކް ޕްރޮސެކިއުޓަރ އަލްއުސްތާޛާ މަރްޔަމް ޠާއިފާއާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަސްވާރު ޕްރޮގްރާމް ހިންގުމާ ޙަވާލުވެ ހުންނެވި އަލްފާޟިލާ ފާތުމަތު ޞާފިޔާ ރަޝީދު މިފޯރަމްގައި ބައިވެރިވެ ވަޑައިގަތެވެ. މިފޯރަމްގެ ރެކޯޑިންގ އޮތީ 4 މެއި 2015 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައެވެ. އަދި މިފޯރަމްގެ ރެކޯޑިންގ، ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ޓެލެވިޜަން މޯލްޑިވްސް އިން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

15 އަހަރުގެ ކުއްޖަކު ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ އަމުރެއް ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް ޖުވެނައިލް ކޯޓުން ނެރެފި
ޕަބްލިޝްކުރެވުނު ތާރީޚް: 2015-05-07
15 އަހަރުގެ ކުއްޖަކަށް ދައުލަތުގެ ރައްކާތެރިކަން ލިބިދިނުމަށްޓަކައި 29 އޭޕްރީލް 2015 ވަނަ ދުވަހު، ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް ޖުވެނައިލް ކޯޓުން އަމުރެއް ނެރެފިއެވެ. މިކުއްޖާއަކީ މަސްތުވާތަކެތި ބޭނުންކޮށް/ ގެންގުޅުމުގެ މައްސަލައެއްގެ ތުހުމަތުގައި 25 ފެބްރުއަރީ 2015 އިން ފެށިގެން މިކޯޓުގެ ބަންދުގެ އަމުރުގެ ދަށުން އެކިފަހަރު މަތީން ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކުއްޖެކެވެ. މިކުއްޖާ ބަންދުން ދޫކޮށްލުމަށްޓަކައި ބެލެނިވެރިންނާ ޙަވާލުކުރަން ބެލިއިރު، މިކުއްޖާގެ ޢާޢިލާ ރޫޅިފައިވާތީއާއި، ކުއްޖާގެ މަންމައަކީ ބިދޭސީ (އިންޑިޔާގެ ރައްޔިތެއް) ކަމުގައިވެފައި، އޭނާ އެޤަޢުމުގައި ދިރިއުޅެމުންގެންދާ ތަނެއް ހޯދިފައިނުވާތީއާއި، މިކުއްޖާގެ ބައްޕައަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހެއްކަމުން ކުއްޖާގެ ބައްޕަގެ ކިބައިގައި އޭނާ ބެލެހެއްޓޭނޭފަދަ ޙާލަތެއްނެތުމުންނާއި، ކުއްޖާގެ ޢުމުރުން 9 އަހަރުން ފެށިގެން ކުއްޖާ ދިރިއުޅެމުން ގެންދިޔައީ ކުއްޖާގެ ބައްޕަގެ ރައްޓެއްސެއް ގާތުގައި ކަމަށްވެފައި، އެމާޙައުލަކީ ކުއްޖާއަށް ރައްކާތެރި މާޙާއުލެއްނޫންކަމަށް، 19 މާރިޗު 2015 ގައި ޖުވެނައިލް ޖަސްޓިސް ޔުނިޓުން މިކޯޓަށް ހުށަހަޅާފައިވާ ކުއްޖާގެ އެސެސްމަންޓް ރިޕޯރޓްގައި ފާހަގަކޮށްފައިވާތީ، ޖުވެނައިލް ކޯޓުން މިއަމުރު ނެރެފައިވަނީ، ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ އުފުލާނޭ ޝަރުޢީ ބަލަދުވެރިފަރާތެއް އަދި ހޯދިފައިނުވާތީ، ކަމާބެހޭ މުއައްސަސާތައްކަމަށްވާ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އާއި މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގެ ދަށުގައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިސްވެރިންގެ މެދުގައި ބައްދަލުވުމެއް ބޭއްވި މަޝްވަރާކުރުމަށްފަހުގައެވެ.
ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް ޖުވެނައިލް ކޯޓުން މިއަމުރު ނެރެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރ 9/91 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާއާއި، ދިވެހިރާއްޖެ ބައިވެރިވެ ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެމުޢާހަދާތަކުގެ ދަށުން އެކުލަވާލެވިފައިވާ ގައިޑްލައިންސްތަކަށް ރިޢާޔަތްކުރުމަށްފަހު، މިފަދަ ކުދިންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމަކީ، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއްކަމުގައިވާތީއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ އިޙްތިޞާޞްގެ ތެރޭގައި މިފަދަ ކުދިން ބައިތިއްބާނެ މަރުކަޒުތައް ޤާޢިމްކޮށް އެމަރުކަޒުތަކުގައި ބައިތިއްބައިގެން ޚިދުމަތް ފޯރުކޮށްދިނުމާއި އަދި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ބެލެހެއްޓުމުގެ ޒިންމާ ހިމެނިފައިވާކަމަށްޓަކައެވެ. ޖުވެނައިލް ކޯޓުން ނެރުނު މިއަމުރުގައި، “މިކުއްޖާގެ ޢުމުރުން މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރެންދެން ނުވަތަ މިކުއްޖާ ބެލެހެއްޓުމުގެ ޒިންމާ ނަގާނެ ފަރާތެއް ހަމަޖެހެންދެން، މިކުއްޖާ ބެލެހެއްޓުމުގެ އިންތިޒާމްތައް ކަމާބެހޭ މުއައްސަސާތައް ގުޅިގެން ކުރިޔަށް ގެންދިއުމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް އަންގާ އަމުރުކުރެވިފައިވެއެވެ.

12 އަހަރުގެ ކުއްޖަކު ރައްކާތެރި މާޙައުލެއްގައި ބެހެއްޓުމަށާއި، ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް މިއަދު ޖުވެނައިލް ކޯޓުން އަމުރެއް ނެރެފި
ޕަބްލިޝްކުރެވުނު ތާރީޚް: 2015-05-07
12 އަހަރުގެ ކުއްޖަކު ރައްކާތެރި މާޙާއުލެއްގައި ބެހެއްޓުމަށާއި އެކުއްޖާއަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް މިއަދު ޖުވެނައިލް ކޯޓުން އަމުރެއް ނެރެފިއެވެ. މިކުއްޖާއަކީ މަސްތުވާތަކެތި ގެންގުޅުމުގެ މައްސަލައެއްގެ ތުހުމަތުގައި 17 މާރިޗު 2015 އިން ފެށިގެން މިކޯޓުގެ ބަންދުގެ އަމުރުގެ ދަށުން އެކިފަހަރު މަތީން ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކުއްޖެކެވެ. މިކުއްޖާ ބަންދުން ދޫކޮށްލުމަށްޓަކައި ބެލެނިވެރިންނާ ޙަވާލުކުރަން ބެލިއިރު، މިކުއްޖާގެ މަންމަގެ ޞިއްޙީ ހާލަތުހުރިގޮތުން، އެއީ ކުއްޖާ ބެލެހެއްޓޭނޭ ފަރާތެއް ކަމުގައިނުވާތީ، އަދި ކުއްޖާގެ ބައްޕަ އަކީ ޢުމުރުން ދުވަސްވެފައިވާ މީހެއްކަމުން، ކުއްޖާގެ މަންމައާއި ބައްޕަގެ ކިބައިގައި ކުއްޖާ ބެލެހެއްޓޭނޭފަދަ ޙާލަތެއްނެތުމުންނާއި، އެޢާއިލާގައި ކުއްޖާއަށް ލޯތްބާއި ރައްކާތެރިކަން ދޭނޭފަރާތެއް ނެތްކަމާއި، މިހާރު ކުއްޖާ ދިރިއުޅޭ މާޙައުލަކީ ރައްކާތެރި މާޙައުލެއް ނޫންކަމާއި ކުއްޖާ ދިރިއުޅެމުންދާ ހިސާބުގަނޑުގައި އުޅޭ ގްރޫޕްތަކުގެ ނުފޫޒު ކުއްޖާއަށް ވަރަށްބޮޑަށް ކޮށްފައިވާކަމަށް، 12 މާރިޗު 2015 ގައި ޖުވެނައިލް ޖަސްޓިސް ޔުނިޓުން ތައްޔާރުކޮށް މިކޯޓަށް ހުށަހަޅާފައިވާ ކުއްޖާގެ އެސެސްމަންޓް ރިޕޯރޓްގައި ފާހަގަކޮށްފައިވާތީ، ޖުވެނައިލް ކޯޓުން މިއަމުރު ނެރެފައިވަނީ، ކުއްޖާ ބެލެހެއްޓުމުގެ ޒިންމާ އުފުލާނޭ ޒިންމާދާރު ބަލަދުވެރިފަރާތެއް އަދި ހޯދިފައިނުވާތީ، ކަމާބެހޭ މުއައްސަސާތައްކަމަށްވާ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އާއި މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގެ ދަށުގައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މޯލްޑިވްސް ޕޮލިސް ސާރވިސްގެ އިސްވެރިންގެ މެދުގައި ބައްދަލުވުމެއް ބޭއްވި، އަދި ކުއްޖާގެ މައިންބަފައިންގެ ޙާލަތު ދެނެގަތުމަށްޓަކައި، ކުއްޖާގެ މަންމަ އާއި ބައްޕަގެ ބަޔާނެއް ނެގުމަށްފަހު، ކުއްޖާއާމެދު ވަކިގޮތެއް ނިންމުމަށް މަޝްވަރާކުރެވުމަށްފަހުގައެވެ.
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ މައްޗަށް ޖުވެނައިލް ކޯޓުން މިއަމުރު ނެރެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރ 9/91 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ ޤާނޫނު) ގެ 8 ވަނަ މާއްދާއާއި، ދިވެހިރާއްޖެ ބައިވެރިވެ ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާއި އެމުޢާހަދާތަކުގެ ދަށުން އެކުލަވާލެވިފައިވާ ގައިޑްލައިންސްތަކަށް ރިޢާޔަތްކުރުމަށްފަހު، މިފަދަ ކުދިންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމަކީ، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއްކަމުގައިވާތީއާއި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ގެ މަސައްކަތްތަކުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި ޢުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރައްކާތެރިކަމަށްޓަކައި ތަންފީޛުކުރަންޖެހޭ ސިޔާސަތުތައް ތަންފީޛުކުރުން ހިމެނިފައިވާތީ، މިކުއްޖާއަށް އެކަށީގެންވާ ރައްކާތެރި މާޙައުލެއް ހަމަޖެހެންދެން، މިކުއްޖާ ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށެވެ.
އަދި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ދަށުގައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ އިޙްތިޞާޞްގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކައުންސެލިންއާއި ރިހެބިލިޓޭޝަން ޚިދުމަތްތައް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރިޔަށް ގެންދިއުމަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ދަށުގައިވާ ޖުވެނައިލް ޖަސްޓިސް ޔުނިޓަށް އަންގާ އަމުރުކުރެވިފައިވެއެވ

29 މާރިޗު 2015 ވަނަ ދުވަހު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ކައިރީގައި ހިނގި މަރުގެ ޙާދިސާގެ ދަޢުވާ ޖުވެނައިލް ކޯޓުގައި ބަލަން ފަށައިފި.
ޕަބްލިޝްކުރެވުނު ތާރީޚް: 2015-05-06
29 މާރިޗު 2015 ވަނަ ދުވަހުގެ 01:42 އެހާކަށްހާއިރު، ދަފްތަރު ނަންބަރ 074 ނޫރު އާދަމް ޙަސަންފުޅު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިމަޖެންސީ ގޭޓު ކުރިމަތިން ބުރުޒު މަގުގައި ޕާކްކޮށްފައިވާ ސައިކަލްތަކާ އަރާހަމަވި ވަގުތު، ނޫރު އާދަމް ޙަސަންފުޅުގެ ވާތްފަރާތު އަރިކަށްޓަށް ތިލައިގައި 8 (އަށެއް) އިންޗި ހުންނަ ވަރުގެ ވަޅިއަކުން ހަމަލާ ދީފައިވާތީއާއި، މިހަމަލާގެ ސަބަބުން ނޫރު އާދަމް ޙަސަންފުޅަށް ލިބުނު އަނިޔާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް، 29 މާރިޗު 2015 ގެ 03:20 އެހާކަށްހާއިރު، ނޫރު އާދަމް ޙަސަންފުޅު ނިޔާވެފައިވާތީ، މި ޙާދިސާގައި ބައިވެރިވެފައިވާ 18 އަހަރުން ދަށުގެ ދެކުދިންގެ މައްޗަށް ދައުލަތުން، ޖުވެނައިލް ކޯޓުގައި ދަޢުވާ އުފުލައިފިއެވެ. އެއީ، ޤާނޫނު ނަންބަރ 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާ ޙާވާލާދީ އެމާއްދާގެ (ނ) ގެ ދަށުން ދަޢުވާލިބޭ އެއްކުއްޖެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، އަދި އެޤާނޫނުގެ 5 ވަނަ މާއްދާގެ (ބ) އާ ޙަވާލާދީ، އެމާއްދާގެ (ޅ) ގެ ދަށުން ދަޢުވާލިބޭ އަނެއް ކުއްޖާގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.
މިމައްސަލަ ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވަނީ 30 އޭޕްރީލް 2015 ވަނަ ދުވަހުއެވެ.
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 05 މެއި 2015 ވަނަ ދުވަހުއެވެ. އެދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ދަޢުވާ ހުށަހެޅުމުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާލިބުނު ކުއްޖާ ދަޢުވާއަށް ޖަވާބުދާރީވެ، ދަޢުވާއަށް އިންކާރުކޮށްފައިވެއެވެ. އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާލިބުނު ކުއްޖާއަށް ވަކީލަކު ހަމަޖެހިފައިނުވާތީ، އެކުއްޖާއަށް ވަކީލަކު ހަމަޖެއްސުމަށް ޝަރީޢަތުގެ މަޖިލީހުގައި ކޯޓުން ފުރުސަތުދީފައިވެއެވެ.
މިމައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ 07 މެއި 2015 ވާ ބުރާސްފަތި ދުވަހުއެވެ.

ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ގެ 17 ވަނަ ބުރުގައި ފެސިލިޓޭޓަރުންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.
ޕަބްލިޝްކުރެވުނު ތާރީޚް: 2015-04-28
22 ފެބްރުވަރީ 2015 އިން 26 ފެބްރުވަރީ 2015 އަށް، ރ.އުނގޫފާރުގައި ބޭއްވުނު، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގގެ 17 ވަނަ ބުރުގައި ޖުވެނައިލް ކޯޓުގެ ފަރާތުން ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެއްޖެއެވެ. މި ޓްރެއިނިންގގައި ފެސިލިޓޭޓަރުންގެ ގޮތުގައި، ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެފައިވަނީ، ޖުވެނައިލް ކޯޓުގެ ޤާޟީ އައްޝައިޚު މުޙައްމަދު ނަޢީމްއާއި، އެސިސްޓެންޓް ލީގަލް އޮފިސަރ ފާޠިމަތު ސާޖިދާއެވެ. މިޓްރެއިނިންގއަކީ، ކުޑަކުދީންގެ ޢަދުލުގެ ނިޒާމަށް އަހުލުވެރިކުރުމުވުމުގެ ގޮތުން ރެސްޓޮރެޓިވް ޖަސްޓިސް ފަލްސަފާގެދަށުން، ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ އުޞޫލުތަކާމެދު، ރ އަތޮޅުގައި މަސައްކަތް ކުރައްވާ ފުލުހުންނާއި މެޖިސްޓްރޭޓުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އިސްފަރާތްތަކާއި ރަށުކައުންސިލާއި އަތޮޅު ކައުންސިލް އިދާރާގެ އިސްފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވުނު ޓްރެއިނިންގ އެކެވެ. މި ޓްރެއިންނިންގައި ރ އަތޮޅުން ޖުމުލަ 27 ފަރާތަކުން ބައިވެރިވެފައިވެއެވެ.

ކުށްކުރާ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި، އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ޖުވެނައިލް ކޯޓުން އިސްލާމިކް ކައުންސެލިން ސެޝަންތައް ކުރިއަށް ގެންދަން ފަށައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2015-04-26
ކުށްކުރާ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި، އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ޖުވެނައިލް ކޯޓުން އިސްލާމިކް ކައުންސެލިން ސެޝަންތައް ކުރިއަށް ގެންދިއުން 23 އެޕްރީލް 2015 ވަނަ ދުވަހު ފަށައިފިއެވެ.
މި ޕްރޮގްރާމްއަކީ ތަފާތު މައްސަލަތަކުގައި ޖުވެނައިލް ކޯޓަށް ޙާޟިރުކުރާ ކުދިންނަށް އިސްލާމިކް ކައުންސެލިނގް ދިނުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ކުރިއަށްގެންދާ ސެޝަން ތަކެކެވެ. އެގޮތުން މިސިލްސިލާގެ ފުރަތަމަ ސެޝަން ކުރިއަށް ގެންދެވިފައިވަނީ، މިހިނގާ އެޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 09:00 އިން 10:45 އަށެވެ. މި ސެޝަންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގްރޫޕް ސެޝަން ތަކެއްގޮތުގައާއި ވަކިވަކި ކުދިންނަށް ގެންދާ ވަކިވަކި ސެޝަން ތަކެއްގެ ގޮތުގައެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، ކުށްކުރާ ދެ ޖިންސުގެ ކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމާއި، އިސްލާމީ ޢަޤީދާ ކުދިންގެ ކިބައިގައި އަށަގެންނެވުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމެވެ.

23 އޯގަސްޓް 2014 ވަނަ ދުވަހު ދިދި ގޯޅީގައި ހިނގައިދިޔަ މާރާމާރީއާ ގުޅިގެން ޓެރަރިޒަމްގެ ދަޢުވާއެއް ޖުވެނައިލް ކޯޓަށް ހުށަހެޅިއްޖެ.
ޕަބްލިޝްކުރެވުނު ތާރީޚް: 2015-04-23
23 އޯގަސްޓް 2014 ދުވަހު 20:45 އެހައިކަށްހައިއިރު، ދިދިގޯޅި ތެރޭގައި ހުންނަ ''އަގޯރާ އެކްސްޕްރެސް'' ފިހާރަ ކުރިމަތީގައި ބަޔަކު ތިއްބައި، ސައިކަލުތަކެއްގައި އެތަނަށް ދިޔަ ބަޔަކު، އެތާ ތިބި މީހުންނަށް ތޫނު އެއްޗަކުން ޙަމަލާދިނުމުގެ ސަބަބުން، ލިބުނު އަނިޔާތަކަށް ބޭސްފަރުވާކުރަމުން ދަނިކޮށް ތ.ތިމަރަފުށި ބުލޫނިޔާގެ އަސީލް އަޙްމަދު މަރުވެފައިވާތީ، ޤާނޫނު ނަންބަރ 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ދެ ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ 12 ފެބްރުވަރީ 2015 ވަނަ ދުވަހު، ދައުލަތުން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވެއެވެ. މި ދަޢުވާއާ ގުޅިގެން މިހާތަނަށް މި ކޯޓުގައި 12 އަޑުއެހުމެއް ޝެޑިއުލްކުރެވިފައިވާއިރު، އޭގެ ތެރެއިން 04 އަޑުއެހުން ކެންސަލްކުރެވި 08 އަޑުއެހުން ބޭއްވިފައިވެއެވެ. އަދި މި މައްސަލާގައި ދަޢުވާލިބޭ ދެ ކުދިންނަށްވެސް ޤާނޫނީ ވަކީލުން ހޯދުމުގެ ފުރުޞަތު ޝަރީޢަތުން ދިނުމުން، އެ ދެ ކުދިންވެސް މައްސަލައާއިގެން ކުރިޔަށްދަނީ ޤާނޫނީ ވަކީލުންގެ އެހީތެރިކަމާއެކުގައެވެ. މިހާތަނަށް މި މައްސަލައިގެ 08 އަޑުއެހުން ބޭއްވިފައިވާއިރު، މިހާރު ކުރިޔަށް ދަނީ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. އެގޮތުން ދައުލަތުންނާއި ދިފާޢުގައި ވަނީ ހެކިން ހުށަހަޅާފައެވެ. ދައުލަތުން ޝަފަހީ ހެކިންގެ ގޮތުގައި ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ސިއްރު ހެކިބަހުގެ ގޮތުގައި ނަގައިދިނުމަށް ޝަރީޢަތުގެ މަޖިލީހުގައި އެދިފައިވާތީ، ހެކިބަސްތައް ނެގެމުންދަނީ، އެ ފަރާތްތައް ޚަޞްމުންގެ ކުރިމައްޗަށް ޙާޟިރުނުކޮށް އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަޑު ބަދަލުކޮށްގެންނެވެ. މިގޮތަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން، ތިން ހެއްކަކު މިއަދާ ހަމަޔަށް ދަޢުވާލިބޭ ފަރާތްތަކާ ދެކޮޅަށް ހެކިބަސް އަދާކޮށްފައިވެއެވެ.

ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2014-12-01
ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމާފައިވާ ގޮތުގެމަތިން، ޖުވެނައިލް ކޯޓުގެ އަހަރު ފަހު ރިސެސް މިއަދު 01 ޑިސެންބަރ 2014 އިން ފެށިގެން ފަށައިފިއެވެ. ޖުވެނައިލް ކޯޓުން އަހަރު ފަހު ރިސެސްއަށް ދިއުމަށް ނިންމާފައިވާ މުއްދަތަކީ 01 ޑިސެންބަރ 2014 އިން ފެށިގެން 15 ޑިސެންބަރ 2014 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި، ކޯޓުން ބަލަމުން ގެންދާ މައްސަލަތަކުގެ އަޑުއެހުންތައް ކުރިޔަށް ގެންދިއުން ފިޔަވައި، ޝަރީޢަތްތަކާއި ގުޅުންހުރި އެހެނިހެން މަސައްކަތްތަކާއި، ކުށެއްގެ ތުހުމަތުގައި 24 ގަޑިއިރުތެރޭ ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ގޮތެއް ނިންމުމަށްޓަކައި ގެނެވޭ ކުދިންގެ މައްސަލަތައް ކުރިޔަށް ގެންދެވޭނެއެވެ. އަދި މީގެ އިތުރުން، މައްސަލަތައް ބަލައިގަތުމާއި، ރިޕޯޓު ދޫކުރުމާއި، ޝަރީޢަތްތަކާއި ގުޅޭ ލިޔުންތައް ދޫކުރުންފަދަ އެންމެހައި މަސައްކަތްތައް ކުރިޔަށް ގެންދެވޭނެއެވެ.
ރިސެސްގެ މުއްދަތުގެ ތެރޭގައި، ޖުވެނައިލް ކޯޓުން ކުރުމަށް ނިންމާފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، ކޯޓުގެ މަސައްކަތްތަކާއިގުޅޭ ޕްރޮސީޖަރ މެނުއަލްތައް ލިޔެ އިތުރަށް ހަރުދަނާކުރުމާއި އަދިވެސް ބައެއް މުހިއްމު އެހެނިހެން މަސައްކަތްތައް ކުރުން ހިމެނެއެވެ.

ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ގެ 15 ވަނަ ބުރު ގައި ފެސިލިޓޭޓަރުންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.
ޕަބްލިޝްކުރެވުނު ތާރީޚް: 2014-09-08
31އޯގަސްޓް 2014 އިން 20 ސެޕްޓެންބަރު 2014 އަށް، ށ. ފުނަދޫގައި ބޭއްވުނު، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގގެ 15ވަނަ ބުރުގައި ޖުވެނައިލް ކޯޓުގެ ފަރާތުން ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެއްޖެއެވެ.

15 އަހަރުގެ ކުއްޖަކަށް ރައްކާތެރިކަން ލިބިދިނުމުގެ އަމުރެއް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ މައްޗަށް ޖުވެނައިލް ކޯޓުން ނެރެފި
ޕަބްލިޝްކުރެވުނު ތާރީޚް: 2014-08-17
އަހަރުގެ ކުއްޖަކަށް ދައުލަތުގެ ރައްކާތެރިކަން ލިބިދިނުމަށްޓަކައި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރަގެ މައްޗަށް ޖުވެނައިލް ކޯޓުން އަމުރެއް ނެރެފިއެވެ.

ޖުވެނައިލް ކޯޓުގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރައާއި އެލަވަންސް ޣައްޒާ ފަންޑަށް ހަދިޔާކުރުމަށް ނިންމައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2014-08-09
ފަލަސްޠީނުގައި ޙާލުގައި ޖެހިފައިވާ މުސްލިމް އަޚުންނާއި އުޚްތުންނަށް އެހީވުމަށް ޖުވެނައިލް ކޯޓުގައި މަސައްކަތްކުރަމުން ގެންދާ ހުރިހާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރައާއި އެލަވަންސް ޣައްޒާ ފަންޑަށް ހަދިޔާކުރަން ޖުވެނައިލް ކޯޓުން ނިންމައިފިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ޖުވެނައިލް ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ބެލެވޭ މައްސަލަ ތަޙްޤީޤުކުރުމަށް ފޮނުވައި.
ޕަބްލިޝްކުރެވުނު ތާރީޚް: 2014-07-24
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން 05 ޑިސެމްބަރ 2013 ވަނަ ދުވަހު ޖުވެނައިލް ކޯޓަށް ފޮނުވާފައިވާ ރިޕޯޓާގުޅިގެން އެ ކޮމިޝަނުން ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ބެލެވޭ މައްސަލަ ތަޙްޤީޤުކުރުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވައިފިއެވެ.

ޖުވެނައިލް ކޯޓުގައި ދީނީ ދަރުސެއް ބާއްވައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2014-07-21
ޖުވެނައިލް ކޯޓުގެ ރެކްރިއޭޝަން ކުލަބުގެ ފަރާތުން އިސްނަގައިގެން، ކޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށް، 18 ޖުލައި 2014 ވީ ހުކުރުދުވަހުގެ ރޭ، ޖުވެނައިލް ކޯޓުގައި ދީނީ ދަރުސެއް ބާއްވައިފިއެވެ.

ޖުވެނައިލް ކޯޓުގައި އިންފޮމޭޝަން އޮފިސަރަކު ހަމަޖައްސައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2014-07-17
ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 36 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެޤާނޫނު ގެދަށުން ޖުވެނައިލް ކޯޓުގެ އިންފޮރމޭޝަން އޮފިސަރެއްގެ ގޮތުގައި ޖުވެނައިލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރ ޝިނާޒާ މުޙައްމަދު ދީދީ ހަމަޖައްސައިފިއެވެ.

ޖުވެނައިލް ކޯޓުގެ އަހަރުމެދު ރިސެސްއަށްފަހު ޝަރީޢަތްތައް ކުރިޔަށް ގެންދަން މިއަދު ފަށައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2014-07-02
ޖުވެނައިލް ކޯޓުގެ އަހަރުމެދު ރިސެސް ނިންމުމަށްފަހު، ކޯޓުގައި އަލުން ޝަރީޢަތްތައް ކުރިޔަށް ގެންދަން މިއަދު ފަށައިފިއެވެ.

ޖުވެނައިލް ކޯޓުގެ ރިސެސް މިއަދު ފަށައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2014-06-16
ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ނިންމާފައިވާ ގޮތުގެމަތިން، ޖުވެނައިލް ކޯޓުގެ އަހަރު މެދު ރިސެސް މިއަދު 15 ޖޫން 2014 އިން ފެށިގެން ފަށައިފިއެވެ. ޖުވެނައިލް ކޯޓުން އަހަރު މެދު ރިސެސްއަށް ދިއުމަށް ނިންމާފައިވާ މުއްދަތަކީ 15 ޖޫން 2014 އިން ފެށިގެން 30 ޖޫން 2014 ވަނަ ދުވަހުގެ ނިޔަލަށެވެ.

2014 ވަނަ އަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތަފާސްހިސާބު
ޕަބްލިޝްކުރެވުނު ތާރީޚް: 2014-05-13
2014 ވަނަ އަހަރުގެ ފުރަތަމަ 4 މަސްދުވަހު ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅޭ ތަފާސްހިސާބުތަކަށް ބަލައިލާއިރު 2014 ވަނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް 38 މައްސަލަ ކޯޓަށް ހުށަހެޅިފައިވެއެވެ.

އިސްލާޙީ ޕްރޮގްރާމްގައި ފުރުޞަތުދެވިފައިވާ ކުދީންގެ ތަފާސް ހިސާބު: 2014 ވަނަ އަހަރުގެ ފުރަތަމަ 4 މަހުގެ ނިޔަލަށް.
ޕަބްލިޝްކުރެވުނު ތާރީޚް: 2014-05-13
'' ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙުޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު'' ގެ 19 ވަނަ މާއްދާއާއި 20 ވަނަ މާއްދާގެ ދަށުން، މީލާދީ ގޮތުން އުމުރުން 18 އަހަރު ނުފުރޭ ކުށްކުރާ ކުޑަކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ޖުވެނައިލް ކޯޓުން ކުރިއަށް ގެންދާ އިޞްލާޙީ ޕްރޮގްރާމުގައި މިއަހަރުގެ މިހާތަނަށް 9 ކުއްޖަކު ބައިވެރިވުމަށް ހުށަހަޅާފައިވެއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގެ ޘާނަވީ ސްކޫލްތަކަށް އަމާޒުކޮށްގެން ޖުވެނައިލް ކޯޓާއިމެދު ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ބޭއްވިއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2014-05-10
ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގެ ޘާނަވީ ސްކޫލްތަކަށް އަމާޒުކޮށްގެން ޖުވެނައިލް ކޯޓާއިމެދު ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް މިއަދު (10 މެއި 2014 ގައި) ޖުވެނައިލް ކޯޓުގައި ބޭއްވިއްޖެއެވެ.

މައްސަލަތައް ބަލައިގަނެ ޝަރީޢަތްތައް ކުރިޔަށް ގެންދިއުމަށް ޖުވެނައިލް ކޯޓުން ނިންމައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2014-05-08
ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ކުރިޔަށް ގެންދިއުމާއި ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުން ވަގުތީގޮތުން މަޑުޖައްސާލުމަށްފަހު، އަލުން މައްސަލަތައް ބަލައިގަނެ ކުރިޔަށް ގެންދާގޮތަށް ނިންމައިފިއެވެ.

2014 ވަނަ އަހަރު ޖުވެނައިލް ކޯޓުން ރިސެސްއަށް ދާނެ މުއްދަތު ކަނޑައަޅައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2014-05-07
2014 ވަނަ އަހަރު ޖުވެނައިލް ކޯޓުން ރިސެސްއަށް ދާނެ މުއްދަތު ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުން ކަނޑައަޅައިފިއެވެ.

ޖުވެނައިލް ކޯޓުގެ ގަވާއިދަށް ފުރަތަމަ އިޞްލާޙު ގެނެސްފި
ޕަބްލިޝްކުރެވުނު ތާރީޚް: 2014-05-06
ޖުވެނައިލް ކޯޓުގެ ގަވާއިދު 24 މާރިޗު 2014 ގައި ގެޒެޓް ކުރުމަށްފަހު، އެގަވާއިދުގެ 55 މާއްދާއަށް 04 މެއި 2014 ވަނަ ދުވަހު ފުރަތަމަ އިޞްލާޙު ގެނެސްފިއެވެ.

ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ކުރިޔަށް ގެންދިއުމާއި މައްސަލަތައް ބަލައިގަތުން މަޑުޖައްސާލައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2014-05-06
ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތައް ކުރިޔަށް ގެންދިއުމާއި ކޯޓަށް މައްސަލަތައް ބަލައިގަތުން ވަގުތީގޮތުން މަޑުޖައްސާލައިފިއެވެ.

ޖުވެނައިލް ކޯޓު ހިންގެވުން ޤާޟީ އަޙްމަދު ޝަކީލްއާ ޙަވާލުކުރައްވައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2014-04-28
20 އެޕްރީލު 2014 ވަނަ ދުވަހުން ފެށިގެން، ހަ މަސް ދުވަހުގެ މުއްދަތަށް ނުވަތަ ޖުވެނައިލް ކޯޓަށް އިސްފަނޑިޔާރަކު ހަމަޖެހެންދެން، ވަގުތީގޮތުން ޖުވެނައިލް ކޯޓު ހިންގެވުން ޖުވެނައިލް ކޯޓުގެ ޤާޟީ އަޙުމަދު ޝަކީލްއާ ޙަވާލު ކުރައްވައިފިއެވެ.

ކުޑަކުދިން ބޭތިއްބުމަށް ބޭނުންވާ އިޞްލާޙި މަރުކަޒުތައް ވުޖޫދަށް ގެނައުމާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2014-04-22
ކުށްކުރާ ދެ ޖިންސުގެ ކުޑަކުދީން ބޭތިއްބުމަށް އިސްލާޙީ މަރުކަޒެއް ނުވަތަ ޖުވެނައިލް ޑިޓެންޝަން ސެންޓަރެއް، ނުވަތަ ރިހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކޮށްފައިނުވާތީއާއި، ކުޑަކުދިންނަށް ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރެއް ޤާއިމްކޮށްފައިނުވާތީއާއި، ޤާނޫނީ އިމުގެ ތެރެއިން ކުޑަކުދިންގެ ހެކިބަސްނެގޭނެ އިންތިޒާމް ހަމަޖެހިފައިނުވާތީއާއި، އަދި ކުޑަކުދީންގެ މައްސަލަތަކާއި ގުޅުންހުރި އެހެނިހެން ކަންކަމާއިމެދު މަޝްވަރާކުރުމަށްޓަކައި 21 އޭޕްރީލް 2014 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެއްޖެއެވެ.

14 އެޕްރީލު 2014 ގައި ޖުވެނައިލް ކޯޓުގައި ބޭއްވި ބައްދަލުވުމަށް އެޗް.އާރު.ސީ.އެމްގެ މެންބަރުން ޙާޟިރުވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2014-04-16
14 އެޕްރީލު 2014 ގައި ޖުވެނައިލް ކޯޓުގައި އޮތް ބައްދަލުވުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުންނާއި ވަކީލް ޙާޟިރުވަޑައިގެންފިއެވެ.

ޖުވެނައިލް ކޯޓަށް ޙާޟިރުވުމަށް އެޗް.އާރު.ސީ.އެމްގެ މެންބަރުންގެ މައްޗަށް އަނެއްކާވެސް ކޯޓު އަމުރުނެރެފި
ޕަބްލިޝްކުރެވުނު ތާރީޚް: 2014-04-10
ކޯޓުން ސާފުކުރަން ބޭނުންވި މަޢުލޫމާތުތައް ސާފުކޮށްދިނުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ކަނޑައަޅާ މެންބަރަކު 06 އެޕްރީލު 2014 ވަނަ ދުވަހު މަޤުބޫލު ޢުޒުރެއްނެތި ކޯޓަށް ޙާޟިރުވެފައިނުވާތީ އެކޮމިޝަނުގެ މެންބަރުންނަށް ވަކިވަކިން ކޯޓަށް ޙާޟިރުވުމުގެ އަމުރު ނެރެފިއެވެ.

އެޗް.އާރު.ސީ.އެމްގެ މެންބަރުން ޖުވެނައިލް ކޯޓަށް ޙާޟިރުވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2014-04-02
ހިއުމަން ރައިޓސްކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުން މިއަދުގެ 10:00 އަށްޖުވެނައިލް ކޯޓަށް ޙާޟިރުވުމަށް ފޮނުވިއަމުރާ އެއްގޮތްވާ ގޮތުގެމަތިންޖުވެނައިލް ކޯޓަށް ޙާޟިރުވެއްޖެއެވެ.

ޔުނިސެފްގެ އެހީގައި، ލ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ކުޑަކުދިންގެ ޢަދުލުގެ ނިޒާމަށް އަހުލުވެރިކުރުމވުމުގެ ޕްރޮގްރާމެއް ހިންގައިފި.
ޕަބްލިޝްކުރެވުނު ތާރީޚް: 2014-03-27
ޔުނިސެފްއާއި ޖުވެނައިލް ކޯޓުގުޅިގެން ލ.ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުން ކުޑަކުދީންގެ ޢަދުލުގެ ނިޒާމަށް އަހުލުވެރިކުރުމުގެ ތިން ދުވަހުގެ އެޓޭޗްމަންޓް ޕްރޮގްރާމެއް 18 މާރިޗު 2014 އިން 20 މާރިޗު 2014 އަށް ލ.ފޮނަދޫގައި ކުރިއަށްގެންގޮސްފިއެވެ.

ޖުވެނައިލް ކޯޓުގެ ޤަވާޢިދު ގެޒެޓްކުރުން
ޕަބްލިޝްކުރެވުނު ތާރީޚް: 2014-03-24
ޖުވެނައިލް ކޯޓުގެ ޤަވާޢިދު މިއަދު ގެޒެޓްކުރެވިއްޖެއެވެ. ކޯޓުގެ މި ޤަވާޢިދު ފުރަތަމަ ޑްރާފްޓްކުރަން ފެށުނީ 2010 ވަނަ އަހަރުގައެވެ. އެއިރުއްސުރެ، ކޯޓުގެ ޤަވާޢިދު ކޮމެޓީގެ ފަރާތުން، ޤަވާޢިދަށް ބައިތައް އިތުރުކުރަމުން، އަދި ޤަވާޢިދު އިތުރަށް ފުރިހަމަކުރަމުން އައިސްފައިވާކަން ފާހަގަކުރަމެވެ. އެގޮތުން، މިއަދު ގެޒެޓްކުރެވުނު ޖުވެނައިލް ކޯޓުގެ ޤަވާޢިދުގައި ކޯޓުގައި ކުރާ ހުރިހާ މަސައްކަތްތަކަކަށް އަލިއަޅުވާލާފައިވާނެއެވެ.

އައު ކުލަތަކާއި އައު ރަހަތަކާއެކު ޖުވެނައިލް ކޯޓުގެ ވެބްސައިޓް އަލުން ލޯންޗްކޮށްފި
ޕަބްލިޝްކުރެވުނު ތާރީޚް: 2014-03-19
2013 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި، ހެކަރުންގެ އަމާޒު ފަތްގަނޑަކަށްވެ ހެކް ކޮށްފައިވާ ޖުވެނައިލް ކޯޓުގެ ވެބްސައިޓް އަލުން

15 ޖުލައި 2013 ވަނަ ދުވަހު ލ. އަތޮޅުގައި ހިނގައިދިޔަ މަރުގެ ޙާދިސާއާ ގުޅިގެން ޓެރަރިޒަމްގެ ދަޢުވާއެއް ޖުވެނައިލް ކޯޓަށް ހުށަހެޅިއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2014-03-16
15 ޖުލައި 2013 ވަނަދުވަހު ލ. ގަންސިނާއީމަގުގައި، ލ. ގަން ތުނޑިވުޑްލޭންޑް އަޙުމަދު ނިޒާރުއަށް ބަޔަކުމީހުން ޙަމަލާދިނުމުގެ ސަބަބުން އަޙުމަދުނިޒާރު ނިޔާވި މައްސަލައާއި ގުޅިގެންކުޑަކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެދަޢުވާ ޖުވެނައިލް ކޯޓަށް ހުށަހަޅައިފިއެވެ.

އެޗް.އާރު.ސީ.އެމްގެ މެންބަރުން ޖުވެނައިލް ކޯޓަށް ޙާޟިރުވުމަށް އަމުރުކޮށްފި
ޕަބްލިޝްކުރެވުނު ތާރީޚް: 2014-03-11
ހިއުމަން ރައިޓްސްކޮމިޝަންގެ މެންބަރުން12 މާރިޗް2014 ވަނަ ދުވަހުގެ13:30 އަށްޖުވެނައިލް ކޯޓަށް ޙާޟިރުވުމަށް ކޮންމެމެންބަރެއްގެ މައްޗަށް އަމުރެއްނެރެފިއެވެ.

ތަޙްޤީޤު ބަންދާގުޅޭ ގޮތުން ޕޮލިހާއި ޖޭޖޭޔޫއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2014-03-11
ތަޙުޤީޤު ބަންދަށް ބަންދުކުރެވޭ ކުދިންގެ ތެރެއިން ބައެއްކުދިން ކޯޓުއަމުރުގައިވާ މުއްދަތު ހަމަވުމުގެ ކުރިން ކޯޓަށް ޙާޟިރުކުރުމަކާނުލައި ދޫކޮށްލާތީއާއި، އަމުރުގައިވާ މުއްދަތު ހަމަވުމުން ކޯޓަށް ގެނައުމަކާނުލައި، ދޫކޮށްލަމުންގެންދާކަން ފާހަގަކުރެވޭތީއާއި، މިފަދައިން ދޫކޮށްލާ ކުދިން ކުށް ތަކުރާރުކޮށްގެން ދެވަނަ ފަހަރަށް ކޯޓަށް ޙާޟިރުކުރަމުންދާކަން ފާހަގަކުރެވޭތީ، މި ކަމާގުޅިގެން ނިކުންނަ މައްސަލަތައް ޙައްލުކުރާނެގޮތަކާމެދު މަޝްވަރާކުރުމަށްޓަކައި ޖުވެނައިލް ކޯޓުގައި ބައްދަލުވުމެއް ބާއްވައިފިއެވެ.

49 އަހަރުގެ ދިގު ޚިދުމަތަށްފަހު އެސިސްޓެންޓް ޑިރެކްޓަރ ޒަހީރާ އަޙްމަދު ވަޒީފާއިން މުސްކުޅި ކުރައްވައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2014-02-02
މެދުނުކެނޑި ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި 49 އަހަރާއި 3 މަސްދުވަހު ދެމިހުންނެވުމަށްފަހު، އުމުރުފުޅުން 65 އަހަރުފުޅުގައި އަލްފާޟިލާ ޒަހީރާ އަޙްމަދު ވަޒީފާއިން މުސްކުޅި ކުރައްވާފައިވަނީ

އިސްލާޙީ ޕްރޮގްރާމްގައި ފުރުޞަތުދެވިފައިވާ ކުދީންގެ ތަފާސް ހިސާބު: 01 ޖެނުއަރީ 2013 އިން 31 ޑސެމްބަރ 2013 އަށް
ޕަބްލިޝްކުރެވުނު ތާރީޚް: 2014-01-07
ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙުޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު ގެ 19 ވަނަ މާއްދާއާއި 20 ވަނަ މާއްދާގެ ދަށުން، މީލާދީ ގޮތުން އުމުރުން 18 އަހަރު ނުފުރޭ ކުށްކުރާ ކުޑަކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި 2013 ވަނަ އަހަރު 21 ކުއްޖަކު ހުށަހަޅަފައިވެއެވެ.

ޖުވެނައިލް ކޯޓާއި ޔުނިސެފް ގުޅިގެން މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ކުޑަކުދީންގެ ޢަދުލުގެ ނިޒާމަށް އަހުލުވެރިކުރުމުގެ ސެމިނަރއެއް ބާއްވައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2013-12-09
މި ސެމިނަރގައި ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުން ބައިވެރިކުރެވުނެ. އަދި މި ސެމިނަރ ފުރިހަމަކޮށް 13 މެޖިސްޓްރޭޓުން ވަނީ ސެޓްފިކެޓް ޙާޞިލްކުރައްވާފައެވެ.

ކުށްކުރާ ދެޖިންސްގެ ކުދިން ބޭތިއްބުމަށް އިޞްލާޙީ މަރުކަޒެއް ނުވަތަ ޖުވެނައިލް ޑިޓެންޝަން ސެންޓަރ، ނުވަތަ ރިހެބިލިޓޭޝަން ސެންޓަރު ޤާއިމްކުރުމާއި ގުޅޭގޮތުން ޖުވެނައިލް ކޯޓުން އިސްނަގައިގެން ކަމާގުޅޭ ދާއިރާތަކާއިއެކު 31 އޮކްޓޯބަރ 2013 ވަނަ ދުވަހު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2013-11-07

2012 ވަނަ އަހަރު ޖުވެނައިލް ކޯޓުގެ މައްސަލަތަކުގެ ތަފާސް ހިސާބު
ޕަބްލިޝްކުރެވުނު ތާރީޚް: 2013-01-06
2012 ވަނަ އަހަރު ޖުވެނައިލް ކޯޓުގެ މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލައިލާއިރު، 2011 ވަނަ އަހަރު ނިމުނުއިރު ކޯޓުގައި ނުނިމިހުރި މައްސަލަތަކާއިއެކު 2012 ވަނަ އަހަރަށް ޖުމްލަ ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ޢަދަދަކީ 136 އެވެ. އެއީ 2012 ވަނަ އަހަރު އަލަށް ކޯޓަށް ހުށަހެޅުނު 83 މައްސަލައާއި 2011 ވަނަ އަހަރު ނިމުނުއިރު ކޯޓުގައި ނުނިމި އޮތް 53 މައްސަލައެވެ.

2012 ވަނަ އަހަރު ޖުވެނައިލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ތަފްޞީލް
ޕަބްލިޝްކުރެވުނު ތާރީޚް: 2013-01-06
މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުޑަކުދިންގެ މައްޗަށް ދަޢުވާ ކޮށްފައިވާ މިންވަރު 2012 ވަނަ އަހަރު ވަރަށް ބޮޑުތަން މަދުވެ، އެ އަހަރު ކޯޓަށް ހުށަހެޅުނު މަސްތުވާތަކެތީގެ މައްސަލަތަކުގެ ޖުމްލަ ޢަދަދަކީ 25 އެވެ.

ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 11 ވަނަ ބުރު ގައި ފެސިލިޓޭޓަރުންގެ ގޮތުގައާއި، ބައިވެރިންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ.
ޕަބްލިޝްކުރެވުނު ތާރީޚް: 2012-12-12
2012 ޑިސެމްބަރ މަހުގެ 02 ކުން 06 އަށް އައްޑޫ ސިޓީ ގައި ބޭއްވުނު، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގގެ 11ވަނަ ބުރު ގައި ޖުވެނައިލް ކޯޓުގެ ފަރާތުން ޓްރެއިނިންގެ ފެސިލިޓޭޓަރުންގެ ގޮތުގައާއި ބައިވެރިންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފިއެވެ. މި ޓްރެއިނިންގގައި


ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 10 ގައި ފެސިލިޓޭޓަރުންގެ ގޮތުގައާއި، ބައިވެރިންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2012-11-18
2012 ނޮވެމްބަރ މަހުގެ 04 އިން 08 އަށް ކ.ތުލުސްދޫގައި ބޭއްވުނު، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 10ގައި ޖުވެނައިލް ކޯޓުގެ ފަރާތުން އެ ޓްރެއިނިންގެ ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފިއެވެ. މި ޓްރެއިނިންގގައި ފެސިލިޓޭޓަރުންގެ ގޮތުގައި،

ޖުވެނައިލް ކޯޓުގެ ފަރާތުން މާފުށްޓާއި ހިންމަފުށްޓާއި އަދި ދޫނިދޫގައި ކުޑަކުދިން ބައިތިއްބާފައި ތިބޭ ޖަލުތަކަށް ޒިޔާރަތެއްކޮށްފި
ޕަބްލިޝްކުރެވުނު ތާރީޚް: 2012-09-18
ޖުވެނައިލް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޖުވެނައިލް ކޯޓުން ޙުކުމްކޮށް ޙުކުމް ތަންފީޒް ކުރަމުން ގެންދާ ކުދިން ބައިތިއްބާފައި ތިބޭ މާފުށްޓާއިހިންމަފުށްޓާއި އަދި ދޫނިދޫގައި ތިބޭ ޖަލުތަކަށް13ސެޕްޓެމްބަރ2012 ވަނަ ދުވަހު، ޒިޔާރަތެއްކޮށްފިއެވެ.މިޒިޔާރަތަކީ ޖުވެނައިލް ކޯޓުގެ އަހަރީދުވަސް ފާހަގަކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރެއިން ހިމެނޭ އެއް ޙަރަކާތެވެ. އަދި މިއީ މިގޮތުން ހިންގުނު ތިންވަނަ ޙަރަކާތްވެސްމެއެވެ.

ޖުވެނައިލް ކޯޓުގެ ފަރާތުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތެއްކޮށްފި
ޕަބްލިޝްކުރެވުނު ތާރީޚް: 2012-08-05
ވެނައިލް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޖުވެނައިލް ކޯޓުގެ ފަރާތުން، 01 އޯގަސްޓް 2012 ވަނަ ދުވަހު، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތެއްކޮށްފިއެވެ. މިޒިޔާރަތަކީ ޖުވެނައިލް ކޯޓުގެ އަހަރީދުވަސް ފާހަގަކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރެއިން ހިމެނޭ އެއް ޙަރަކާތެވެ. އަދި މިއީ މިގޮތުން ހިންގުނު ފުރަތަމަ ޙަރަކާތްވެސްމެއެވެ.

ޢިމާދުއްދީން ސްކޫލްގެ ގްރޭޑް 6 އަދި 7 ގެ ދަރިވަރުންނަށް ޖުވެނައިލް ކޯޓާބެހޭ މަޢުލޫމާތު ދެވިއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2012-07-12

ސްޕްރީމް ކޯޓުގައި އިޤްރާރުވާ ވަކީލުން އިތުރު އިޖުރާތަކާއި ނުލާ ޖުވެނައިލް ކޯޓުގައި ރަޖިސްޓަރީ ކުރުމަށް ހަމަޖެއްސުން
ޕަބްލިޝްކުރެވުނު ތާރީޚް: 2012-07-04

ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 08 ގައި ފެސިލިޓޭޓަރުންގެ ގޮތުގައާއި، ބައިވެރިންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2012-07-02
ޖޫން މަހުގެ 24 - 28 އަށް ޏ.ފުވައްމުލަކުގައި ބޭއްވުނު، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 08 ގައި ޖުވެނައިލް ކޯޓުގެ ފަރާތުން އެ ޓްރެއިނިންގެ ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފިއެވެ.

ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 07 ގައި ފެސިލިޓޭޓަރުންގެ ގޮތުގައާއި، ބައިވެރިންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2012-06-19
މެއި މަހުގެ 27 - 31 އަށް ކ.މާލޭގައި ބޭއްވުނު، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 07 ގައި ޖުވެނައިލް ކޯޓުގެ ފަރާތުން އެ ޓްރެއިނިންގެ ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފިއެވެ.

2012 ވަނަ އަހަރު ޖުވެނައިލް ކޯޓަށް ހުށަހެޅުނު މަރުގެ މައްސަލަތަކާއި، ތޫނު އެއްޗެހި ގެންގުޅުމުގެ މައްސަލަތައް އިތުރުވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2012-06-18
2012 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ކޯޓަށް ހުށަހެޅި ނިމިފައިވާ މައްސަލަތަކަށް ބަލާއިރު، ތޫނުއެއްޗެހި ގެންގުޅުމުގެ މައްސަލަތަކާއި ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ މައްސަލަތަކާއި މަރުގެ މައްސަލަތައް 2011 ވަނަ އަހަރަށް ވުރެ 2012 ވަނަ އަހަރު އިތުރުވެފައިވެއެވެ.

ޤާނޫނީ ވަކީލުން ޖުވެނައިލް ކޯޓުގައި ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލެވިއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2012-06-12
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދު" ގެ 2.2 ގައި، ކޮންމެ ކޯޓެއްގައިވެސް، އެ ކޯޓެއްގައި ވަކާލާތުކުރާ ވަކީލުންގެ

ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 06 ގައި ފެސިލިޓޭޓަރުންގެ ގޮތުގައާއި، ޓްރެއިނިންގގެ ބައިވެރިންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2012-05-07
އޭޕްރީލް މަހުގެ 22 - 26 އަށް ދ.ކުޑަހުވަދޫގައި ބޭއްވުނު، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ގައި ޖުވެނައިލް ކޯޓުގެ ފަރާތުން އެ ޓްރެއިނިންގެ ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފިއެވެ.

ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 05 ގައި ފެސިލިޓޭޓަރުންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2012-04-08
މާރޗް މަހުގެ 18 - 22 އަށް ބ.އޭދަފުށީގައި ބޭއްވުނު، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ގައި


ޝަރުޢީ ދާއިރާއަށް ކުރިމަތިވެފައިވާ ޚާއްޞަ ޙާލަތާއިގުޅިގެން ޖުވެނައިލް ކޯޓުގެ މިއަދުގެ މައްސަލަތައް ކެންސަލް ކޮށްފި
ޕަބްލިޝްކުރެވުނު ތާރީޚް: 2012-01-17

2011 ވަނަ އަހަރު ޖުވެނައިލް ކޯޓަށް އެންމެ ގިނަ ޢަދަދަކަށް ހުށަހެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތައް
ޕަބްލިޝްކުރެވުނު ތާރީޚް: 2012-01-16
މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުޑަކުދިންގެ މައްޗަށް ދަޢުވާ ކޮށްފައިވާ މިންވަރު

2011 ވަނަ އަހަރު ޖުވެނައިލް ކޯޓުގެ މައްސަލަތަކުގެ ތަފާސް ހިސާބު
ޕަބްލިޝްކުރެވުނު ތާރީޚް: 2012-01-16
2011 ވަނަ އަހަރު ޖުވެނައިލް ކޯޓުގެ މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލައިލާއިރު،

އެފް.ސީ.ޕީ.ޑީގެ ދެވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ފުޓްސަލް މުބާރާތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2012-01-15
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ދެވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެގޮތުން ބައެއް އޮފީސްތަކާއި އެކު ބޭއްވުނު ފުޓްސަލް މުބާރާތުގައި

ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 03 ގައި ފެސިލިޓޭޓަރުންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2011-12-18
2011 ޑިސެމްބަރ މަހުގެ03 - 09 އަށް ނ. ވެލިދޫގައި ބޭއްވުނު، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ03 ގައި ޖުވެނައިލް ކޯޓުގެ ފަރާތުން އެ ޓްރެއިނިންގެ ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފިއެވެ.

އަހަރުގެ ފަހު ރިސެސްއަށް ނުދިއުމަށް ޖުވެނައިލް ކޯޓުން ނިންމައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2011-11-30
ޖުވެނައިލް ކޯޓުގެ ކަލަންޑަރުގައި އަހަރުގެ ފަހު ރިސެސްގެ މުއްދަތު ކަމުގައި ކަނޑައަޅާފައިވާ، 01 ޑިސެމްބަރ 2011 އިން 20 ޑިސެމްބަރ 2011 އަށް ވާ މުއްދަތުގައި،

"ޑިޑް ޔޫ ނޯ" ކެމްޕެއިންގައި ޖުވެނައިލް ކޯޓުން ބައިވެރި ވެއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2011-11-27
ޢާއްމުންގެ މެދުގައި ޤާނޫނު އަސާސީއާއި އަދި ދައުލަތުގެ މުއައްސަސާތަކުން ކުރަމުން ގެންދާ މަސައްކަތްތަކާއިމެދު ހޭލުންތެރި ކުރުވުމަށްޓަކައި ޔޫ.އެން.ޑީ.ޕީއާއި، ޝަރުޢީ ދާއިރާއާއި، އަދި ދައުލަތުގެ މުއައްސަސާތައް ގުޅިގެން،

ޖުވެނައިލް ކޯޓުގެ އަހަރު މެދު ރިސެސް ކަމުގައި ކަނޑައަޅާފައިވާ މުއްދަތު،
ޕަބްލިޝްކުރެވުނު ތާރީޚް: 2011-06-19
ޖުވެނައިލް ކޯޓުގެ އަހަރު މެދު ރިސެސް ކަމުގައި ކަނޑައަޅާފައިވާ މުއްދަތު،

ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި ބައެއް މައްސަލަތައް ހިންގަމުން ގެންދިއުމަށް ނިންމައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2011-06-06
ޖުވެނައިލް ކޯޓުގެ އަހަރު މެދު ރިސެސް ކަމުގައި ކަނޑައަޅާފައިވާ މުއްދަތު،

01 މެއި 2011 އިން ފެށިގެން މިކޯޓުގައި ހިންގާ މައްސަލަތަކުގެ ތެރެއިން މައްސަލަ ބާއްވާ ތާރީޚާއި ހަމައަށް 18 އަހަރު ނުފުރޭ ކުދިންގެ މައްސަލަތަކަށް ޖޭ.ޖޭ.ޔޫއިން ޙާޟިރުނުވާނަމަ އެ މައްސަލަތައް ނުބަލާގޮތަށް ހަމަޖައްސައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2011-04-24
01 މެއި2011 ވަނަ ދުވަހުން ފެށިގެން، މި ކޯޓުގައި ބެލެމުންދާ މައްސަލަތަކުގެ ތެރެއިން، މައްސަލައިގެ ޝަރީޢަތް ބާއްވާ ދުވަހާއި ހަމައަށް ޢުމުރުން18 އަހަރުނުފުރޭ ކުދިންގެ މައްސަލަތަކަށް ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ބޭފުޅުންޙާޟިރު ނުވާނަމަ، އެ މައްސަލަތައް ނުބަލާގޮތަށް ހަމަޖައްސައިފިއެވެ.

ދަޢުވާ ހުށަހަޅާ ފޯމުގައިވާ ވަކީލުގެ ބަދަލުގައި ވަޑައިގަންނަވާ ވަކީލުން، ބަދަލު ހަމަޖެއްސެވިކަމުގެ ލިޔުން ހުށަހެޅުއްވުމުން ނޫނީ، ކޯޓުން ބަލައިނުގަތުމަށް ނިންމައިފި
ޕަބްލިޝްކުރެވުނު ތާރީޚް: 2011-04-21
ދައުލަތުންދަޢުވާ ކުރައްވާ މައްސަލަތަކުގައި ދަޢުވާ ހުށަހަޅުއްވާ ފޯމުގައިބަޔާންކޮށްފައިވާ ވަކީލުގެ ބަދަލުގައި ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށްޙާޟިރުވެވަޑައިގަންނަވާ ވަކީލުން ވަޑައިގަންނަވާއިރު،

އަލަށް ފާސްވާ ޤާނޫނުތަކާމެދު ކުޑަކުދިންގެ ކޯޓުގެ މުވައްޒަފުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ފެށިއްޖެ
ޕަބްލިޝްކުރެވުނު ތާރީޚް: 2010-09-26
އަލަށްފާސްކުރެވޭ ޤާނޫނުތަކާމެދު ކުޑަކުދިންގެ ކޯޓުގެ މުވައްޒަފުންގެ މެދުގައިހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ފެށިއްޖެއެވެ.