އަވަސް ލިންކު
ޕްރޮސީޖަރސް
ކޮންވެންޝަންސް
- އިނގިރޭސި
- ދިވެހި
- ކުޑަކުދިންގެ ހައްގުތަކާބެހޭ ކޮންވެންޝަން
- ކުޑަކުދިންގެ ޙައްޤުތަކާބެހޭ މުޢާހަދާގެ އިޚްތިޔާރީ ޕްރޮޓޮކޯލް 2000
- މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ މުޢާހަދާ
- މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ އިޚްތިޔާރީ ޕްރޮޓޮކޯލް
- އަންހެނުންނާމެދުކުރެވޭ ތަފާތުތައް ނައްތާލުމާބެހޭ މުޢާހަދާ
- ޚާސަޞަ އެހީއަށް ބޭނުންވާ މީހުންގެ މުޢާހަދާ
އިސްޤާޟީގެ ބަސްކޮޅު
ކުޑަކުދިންގެ ކޯޓުގެ ވެބްސައިޓް ރަސްމީގޮތުން، އެންމެ ފުރަތަމަ ހުޅުވިފައިވަނީ، 01 އޮގަސްޓް 2007 ގައެވެ. އެއީ، ކުޑަކުދިންގެ ކޯޓުގެ 10 ވަނަ އަހަރީ ދުވަހުއެވެ. ނަމަވެސް އެވެބްސައިޓްގައި ގިނަގުނަ މައްސަލަތަކެއް ހުރުމުން، ވެބްސައިޓް ގިނަ ދުވަސްތަކަކަށް ހުއްޓިފައި އޮތުމަށްފަހު، މިއަދު ކުޑަކުދިންގެ ކޯޓުގެ 13 ވަނަ އަހަރީ ދުވަސްކަމުގައިވާ، 01 އޮގަސްޓް 2010 ގައި، ކޯޓުގެ ވެބްސައިޓް އަލުން ލޯންޗްކުރެވި، ވެބްސައިޓްގެ މަސައްކަތް އަލުން ފަށައިގަނެވޭއިރު، ވެބްސައިޓަށް ވަރަށް ގިނަ ބައިތަކެއް އިތުރުކޮށް، ވެބްސައިޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ކޯޓުންދޭ ޚިދުމަތްތަކާއި، ކޯޓާބެހޭ މަޢުލޫމާތާއި، އަދި ބޭނުންތެރި އެހެނިހެން ބައެއް މަޢުލޫމާތުވެސް ފަސޭހައިން ލިބިގެންދާނެގޮތްވަނީ ހަމަޖެހިފައެވެ. މިގޮތުން، މިހާރު ކޯޓުންދޭ ޚިދުމަތްތައް ހޯދުމަށް އެދޭ ފޯމްތައް ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި ކޯޓުގެ މަސައްކަތްތައް ހިނގަމުންދާ ގޮތާއި، މައްސަލަތަކުގެ ތަފާސްހިސާބާއި، މިނޫނަސް ކޯޓާބެހޭ ބައެއް މުހިއްމު މަޢުލޫމާތު ވެބްސައިޓުން ފެންނާނެއެވެ. ދިވެހިރާއްޖެ ސޮއިކޮށްފައިވާ މުޢާހަދާތަކުގެ މަޢުލޫމާތުވެސް ކުޑަކުދިން ކޯޓުގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. އަދި އޭގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ބައެއް މުހިއްމު ޤަވާއިދުތައްވެސް ފަސޭހަކަމާއެކު ބަލާލެވޭނެއެވެ.
ކޯޓުގެ ވެބްސައިޓް އަލުން ލޯންޗްކުރެވި، ވެބްސައިޓުން ޚިދުމަތް ޢާއްމުންނަށް ފަސޭހަކަމާއެކު ލިބިގެންދާކަމީ، އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްކަން މިފުރުޞަތުގައި ފާހަގަކުރަމެވެ.
އަޅުގަނޑުމެންގެ އުއްމީދަކީ، ކޯޓުން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އަވަސްކަމާއި އިތުބާރާއެކީގައި އެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. ކުޑަކުދިންގެ ކޯޓަށް ޢާއްމުންގެ އިތުބާރު ލިބުމަކީ، މި ކޯޓުގެ ވަރަށްބޮޑު އުއްމީދެކެވެ. އެކަން ޙާޞިލް ކުރުމަށްޓަކައި، ކަމާބެހޭ އެންމެހާ ފަރާތްތަކާ ގުޅިގެން، ކުޑަކުދިންގެ ކޯޓުން މަސައްކަތްކުރަމުން ދާނެއެވެ. އަދި ކޯޓާއި ކޯޓުގެ މަސައްކަތާއި، ކޯޓުންދޭ ޚިދުމަތްތަކާބެހޭގޮތުން، ޢާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރަމުންދާނެއެވެ.
= ޝުކުރިއްޔާ =
މައްޗަށް | ގުޅުއްވާލައްވާ
Copyright © 2010 Juvenile Court. All Rights Reserved
To report a broken link or for any technical support please contact: webmaster@juvenilecourt.gov.mv