|
Sunday, 15 January 2012 08:48 |
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ދެވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެގޮތުން ބައެއް އޮފީސްތަކާއި އެކު ބޭއްވުނު ފުޓްސަލް މުބާރާތުގައި ޖުވެނައިލް ކޯޓުން ބައިވެރި ވެއްޖެއެވެ.
14 ޖެނުއަރީ 2012 ވީ ހޮނިހިރު ދުވަހު ބޭއްވުނު މި މުބާރާތުގައި، ޖުވެނައިލް ކޯޓުގެ ފުރަތަމަ މެޗުގައި އެފް.ސީ.ޕީ.ޑީއާ ބައްދަލުކޮށް، އެފް.ސީ.ޕީ.ޑީ އިން މެޗް ކާމިޔާބުކޮށްފައިވަނީ 11-03 ން ނެވެ. ނަމަވެސް ގްރޫޕް ސްޓޭޖްގެ ދެވަނަ މެޗުގައި، ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީއާ ބައްދަލުކޮށް، ޖުވެނައިލް ކޯޓުގެ ޓީމުން ވަރަށް ފުރިހަމަ ކުޅުމެއް ދައްކާ 10-04 ން ވަނީ އެ މެޗް ކާމިޔާބުކޮށްފައެވެ.
އެކުވެރިކަމުގެ މިފަދަ މުބާރާތްތަކަކީ، އެކުގައި މަސައްކަތްކުރާ ދާއިރާތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެކަމެއްކަމުގައި ޖުވެނައިލް ކޯޓުން ދެކެމެވެ. |