|
Wednesday, 30 November 2011 09:57 |
|
ޖުވެނައިލް ކޯޓުގެ ކޯޓު ކަލަންޑަރުގައި އަހަރުގެ ފަހު ރިސެސްގެ މުއްދަތުކަމުގައި ކަނޑައަޅާފައިވާ، 01 ޑިސެމްބަރ 2011 އިން 20 ޑިސެމްބަރ 2011 އަށް ކޯޓުގައި އެއްވެސް މައްސަލައެއް ނުހިންގައި، ހަމައެކަނި ކޯޓުގެ އިދާރީ މަސައްކަތްތައް ކުރުމާއި،
ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަނެ ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ކުރަމުންގެންދާގޮތަށް ހަމަޖައްސާފައިވީނަމަވެސް، "ކުޑަކުދިންކުރާ ކުށުގެ މައްސަލަތައްބަލާ، ތަޙްޤީޤުކޮށް، އިންސާފުކޮށް އަދަބުދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު"ގެ 03 ވަނަ މާއްދާގައި، ކުޑަކުދިންގެ މައްސަލަތަކަކީ، ވީއެންމެ އަވަސް ފުރުޞަތެއްގައި ނިންމަންޖެހޭ މައްސަލަތަކެއް ކަމުގައި ބަޔާންކުރެވިފައިވާތީއާއި، މި އަހަރު ނިންމުމަށް ވަކި ޓާގެޓްތަކެއް ކަނޑައަޅައިގެން ކުރިޔަށްގެންދާ މައްސަލަތަކެއް ހުރުމާއިއެކު، އެމައްސަލަތައް ނިންމުމަށްޓަކައި އަހަރުގެ ފަހު ރިސެސްގެ މުއްދަތުގައި މައްސަލަތައް ކުރިޔަށް ގެންދިއުމަށް ޖުވެނައިލް ކޯޓުގެ ޤާޟީންގެ ޢާއްމު މަޖިލީހުގެ އިއްތިފާޤުން ނިންމަވައިފިއެވެ. |