|
Sunday, 27 November 2011 10:02 |
ޢާއްމުންގެ މެދުގައި ޤާނޫނު އަސާސީއާއި އަދި ދައުލަތުގެ މުއައްސަސާތަކުން ކުރަމުން ގެންދާ މަސައްކަތްތަކާއިމެދު ހޭލުންތެރި ކުރުވުމަށްޓަކައި ޔޫ.އެން.ޑީ.ޕީއާއި، ޝަރުޢީ ދާއިރާއާއި، އަދި ދައުލަތުގެ މުއައްސަސާތައް ގުޅިގެން، 2009 ވަނަ އަހަރު ފައްޓާފައިވާ،
"ޑިޑް ޔޫ ނޯ" ކެމްޕެއިންގެ ދެވަނަ ފިޔަވަހީގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެއެވެ.
26 ނޮވެމްބަރ 2011 ވީ ހުކުރު ދުވަހު، ހެންވޭރު ރާޅުގަނޑު ސަރަޙައްދުގައި ލޯންޗުކުރެވުނު މި އިވެންޓު އިފްތިތާޙު ކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙުމަދު ފާއިޒު ޙުސައިނެވެ. މި އިވެންޓުގައި ޖުވެނައިލް ކޯޓުން ތައްޔާރުކޮށްފައިވާ ސްޓޯލުން، ކޯޓާއިބެހޭ މަޢުލޫމާތުތައް ޢާއްމުންނަށް ފޯރުކޮށްދިނުމާއި، އަދި ކޯޓުގެ މަޢުލޫމާތު ހިމެނޭ ލީފްލެޓްތައް ޢާއްމުންނަށް ބެހުމާއި، އަދި ކޯޓާއިބެހޭގޮތުން ޢާއްމުން އޮޅުން ފިލުވަން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދެވުނެވެ. |