ޖުވެނައިލް ކޯޓުގެ ފަރާތުން ޕާކިސްތާނުގެ ކަރާޗީގެ ޖުވެނައިލް ފެސިލިޓީސްތަކަށް ޒިޔާރަތް ކުރައްވައިފި Print
Tuesday, 04 October 2011 05:57

ޖުވެނައިލް ކޯޓުގެ ފަރާތުން ޕާކިސްތާނުގެ ކަރާޗީގެ ޖުވެނައިލް ފެސިލިޓީސް ނުވަތަ ކުށްކުރާ ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކަށް ޒިޔާރަތް ކުރައްވައިފިއެވެ. ސެޕްޓެމްބަރ މަހުގެ 24 ން 29 އަށް ކުރެއްވި

މި ޒިޔާރަތުގައި ޖުވެނައިލް ކޯޓުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ޖުވެނައިލް ކޯޓު ހިންގެވުމާއި ޙަވާލުވެ ވަޑައިގެން ހުންނެވި ޤާޟީ މުޙައްމަދު ނަޢީމާއި، ކޯޓުގެ ރަޖިސްޓްރާރ ޒަޢީމާ ނަޝީދު އަބޫބަކުރާއި އަދި ކޯޓް އެޑްމިނިސްޓްރޭޓަރ އާދަމް ޙަސަން ޙުސައިނެވެ. މި ޒިޔާރަތުގައި ކުށްކުރާ ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކުގައި، އެކުދިން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކާއިބެހޭގޮތުން މަޢުލޫމާތު ސާފުކޮށް، އަދި އެކުދިންނަށް ހިންގޭ ޕްރޮގްރާމްތަކުގައި ކުދިންނަށް ދަސްކޮށްދެވޭ މަސައްކަތްތައް ބައްލަވާލެއްވިއެވެ. އަދި މި ދަތުރުގައި ކުށްކުރާ ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، ކަރާޗީގެ ޑިސްޓްރިކްޓް ކޯޓްތަކަށާއި ހައިކޯޓަށްވެސް ޒިޔާރަތްކުރައްވާ އެތަންތަނުގައި މައްސަލަތައް ބެއްލެވުމުގައި ގެންގުޅުއްވާ އިޖްރާއާތުތައް ބައްލަވާ، އެކަންކަމާގުޅޭ މަޢުލޫމާތުތައް ހޯއްދެވިއެވެ. އަދި އަންހެނުންނަށް ޚާއްޞަކޮށްފައިވާ ޖަލަށާއި، ފިރިހެނުންގެ ޖަލުތަކަށްވެސް ޒިޔާރަތްކޮށް އެތަންތަން ބައްލަވާލެއްވިއެވެ.