ޚަބަރު
ޝަރުޢީ ދާއިރާއަށް ކުރިމަތިވެފައިވާ ޚާއްޞަ ޙާލަތާއިގުޅިގެން ޖުވެނައިލް ކޯޓުގެ މިއަދުގެ މައްސަލަތައް ކެންސަލް ކޮށްފި Print
Tuesday, 17 January 2012 10:40

ކޯޓުތަކުން ކުރަމުންގެންދާ އަމުރުތަކަށް ސަލާމަތީ ބާރުތަކުންނާއި، ތަންފީޒީ ބާރުތަކުން ތަބާނުވުމާއި، ކޯޓުތަކުގެ ޙުރުމަތް ކަނޑަމުންގެންދާތީ، ޖުވެނައިލް ކޯޓުގައި މިއަދު ޝެޑިއުލްކޮށްފައިވާ މައްސަލަތައް ކެންސަލްކޮށްފިއެވެ. އަދި ކުރިއަށް ޝެޑިއުލް ކޮށްފައިވާ މައްސަލަތަކާއިމެދު ޢަމަލުކުރާނެ ގޮތަކާއިބެހޭގޮތުން ކޯޓުން ދަނީ މަޝްވަރާކުރަމުންނެވެ.

 
2011 ވަނަ އަހަރު ޖުވެނައިލް ކޯޓަށް އެންމެ ގިނަ ޢަދަދަކަށް ހުށަހެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތައް Print
Tuesday, 17 January 2012 04:07

މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުޑަކުދިންގެ މައްޗަށް ދަޢުވާ ކޮށްފައިވާ މިންވަރު 2011 ވަނަ އަހަރު ވަރަށް ބޮޑުތަން އިތުރުވެ، އެ އަހަރު ކޯޓަށް ހުށަހެޅުނު މަސްތުވާތަކެތީގެ މައްސަލަތަކުގެ ޖުމްލަ ޢަދަދު 66 އަށް އަރައިފިއެވެ.

އިތުރަށް ވިދާޅުވުމަށް
 
2011 ވަނަ އަހަރު ޖުވެނައިލް ކޯޓުގެ މައްސަލަތަކުގެ ތަފާސް ހިސާބު Print
Tuesday, 17 January 2012 04:00

2011 ވަނަ އަހަރު ޖުވެނައިލް ކޯޓުގެ މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލައިލާއިރު، 2010 ވަނަ އަހަރު ނިމުނުއިރު ކޯޓުގައި ނުނިމިހުރި މައްސަލަތަކާއިއެކު 2011 ވަނަ އަހަރަށް ޖުމްލަ ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ޢަދަދަކީ 177 އެވެ. އެއީ 2011 ވަނަ އަހަރު އަލަށް ކޯޓަށް ހުށަހެޅުނު 108 މައްސަލައާއި 2010 ވަނަ އަހަރު ނިމުނުއިރު ކޯޓުގައި ނުނިމި އޮތް 69 މައްސަލައެވެ.

އިތުރަށް ވިދާޅުވުމަށް
 
އެފް.ސީ.ޕީ.ޑީގެ ދެވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ފުޓްސަލް މުބާރާތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ Print
Sunday, 15 January 2012 08:48

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ދެވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެގޮތުން ބައެއް އޮފީސްތަކާއި އެކު ބޭއްވުނު ފުޓްސަލް މުބާރާތުގައި ޖުވެނައިލް ކޯޓުން ބައިވެރި ވެއްޖެއެވެ.

އިތުރަށް ވިދާޅުވުމަށް
 
ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 03 ގައި ފެސިލިޓޭޓަރުންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ Print
Sunday, 18 December 2011 08:27

2011 ޑިސެމްބަރ މަހުގެ 03 - 09 އަށް ނ. ވެލިދޫގައި ބޭއްވުނު، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 03 ގައި ޖުވެނައިލް ކޯޓުގެ ފަރާތުން އެ ޓްރެއިނިންގެ ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފިއެވެ.

އިތުރަށް ވިދާޅުވުމަށް
 
އަހަރުގެ ފަހު ރިސެސްއަށް ނުދިއުމަށް ޖުވެނައިލް ކޯޓުން ނިންމައިފި Print
Wednesday, 30 November 2011 09:57

ޖުވެނައިލް ކޯޓުގެ ކޯޓު ކަލަންޑަރުގައި އަހަރުގެ ފަހު ރިސެސްގެ މުއްދަތުކަމުގައި ކަނޑައަޅާފައިވާ، 01 ޑިސެމްބަރ 2011 އިން 20 ޑިސެމްބަރ 2011 އަށް ކޯޓުގައި އެއްވެސް މައްސަލައެއް ނުހިންގައި، ހަމައެކަނި ކޯޓުގެ އިދާރީ މަސައްކަތްތައް ކުރުމާއި،

އިތުރަށް ވިދާޅުވުމަށް
 
"ޑިޑް ޔޫ ނޯ" ކެމްޕެއިންގައި ޖުވެނައިލް ކޯޓުން ބައިވެރި ވެއްޖެ Print
Sunday, 27 November 2011 10:02

ޢާއްމުންގެ މެދުގައި ޤާނޫނު އަސާސީއާއި އަދި ދައުލަތުގެ މުއައްސަސާތަކުން ކުރަމުން ގެންދާ މަސައްކަތްތަކާއިމެދު ހޭލުންތެރި ކުރުވުމަށްޓަކައި ޔޫ.އެން.ޑީ.ޕީއާއި، ޝަރުޢީ ދާއިރާއާއި، އަދި ދައުލަތުގެ މުއައްސަސާތައް ގުޅިގެން، 2009 ވަނަ އަހަރު ފައްޓާފައިވާ،

އިތުރަށް ވިދާޅުވުމަށް
 
ޖުވެނައިލް ކޯޓުގެ ފަރާތުން ޕާކިސްތާނުގެ ކަރާޗީގެ ޖުވެނައިލް ފެސިލިޓީސްތަކަށް ޒިޔާރަތް ކުރައްވައިފި Print
Tuesday, 04 October 2011 05:57

ޖުވެނައިލް ކޯޓުގެ ފަރާތުން ޕާކިސްތާނުގެ ކަރާޗީގެ ޖުވެނައިލް ފެސިލިޓީސް ނުވަތަ ކުށްކުރާ ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކަށް ޒިޔާރަތް ކުރައްވައިފިއެވެ. ސެޕްޓެމްބަރ މަހުގެ 24 ން 29 އަށް ކުރެއްވި

އިތުރަށް ވިދާޅުވުމަށް
 
ޖުވެނައިލް ކޯޓުގެ ރިސެސްގެ މުއްދަތުގައި ބައެއް މައްސަލަތައް ހިންގަމުން ގެންދިއުމަށް ނިންމައިފި Print
Monday, 06 June 2011 04:15

ޖުވެނައިލް ކޯޓުގެ އަހަރު މެދު ރިސެސް ކަމުގައި ކަނޑައަޅާފައިވާ މުއްދަތު، މި ހިނގާ ޖޫން މަހުގެ 01 އިން 09 އާއި ދެމެދު، ކޯޓުގައި އެއްވެސް މައްސަލައެއް ނުހިންގައި، ހަމައެކަނި ކޯޓުގެ އިދާރީ މަސައްކަތްތައް ކުރުމާއި، ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަނެ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރަމުންގެންދާގޮތަށް ހަމަޖައްސާފައިވީނަމަވެސް، ކުޑަކުދިންގެ މައްސަލަތަކަކީ، ވީއެންމެ އަވަސް ފުރުޞަތެއްގައި ނިންމަންޖެހޭ މައްސަލަތަކެއް ކަމުގައި ކަނޑައަޅާފައިވާތީއާއި، ކޯޓުގައި ޤާޟީން މަދުވުމުގެ ސަބަބުން، ރިސެސްގެ މުއްދަތުގައި މައްސަލަތައް ކުރިޔަށް ގެންދިއުމަށް ޖުވެނައިލް ކޯޓުން ނިންމައިފިއެވެ.  ކޯޓުގައި ޤާޟީން މަދުވުމުގެ ސަބަބުން، މިއަހަރުގެ އަހަރު މެދު ރިސެސް ކަމުގައި ކަނޑައަޅާފައިވާ މުއްދަތުގައި މައްސަލަތައް ކުރިޔަށް ގެންދަން ޖެހުނު ކަމުގައިވީނަމަވެސް، ކޯޓަށް ދިމާވެފައިވާ ޤާޟީންގެ ދަތިކަން ޙައްލުވުމުން، ކޯޓުކަލަންޑަރުގައިވާގޮތަށް މަސައްކަތްތައް ތަރުތީބުކޮށްގެން ކުރިޔަށް ގެންދެވޭނެކަމަށް މި ކޯޓުން ދެކެމެވެ.

 
ދަޢުވާ ހުށަހަޅާ ފޯމުގައިވާ ވަކީލުގެ ބަދަލުގައި ވަޑައިގަންނަވާ ވަކީލުން، ބަދަލު ހަމަޖެއްސެވިކަމުގެ ލިޔުން ހުށަހެޅުއްވުމުން ނޫނީ، ކޯޓުން ބަލައިނުގަތުމަށް ނިންމައިފި Print
Sunday, 17 April 2011 10:58

ދައުލަތުން ދަޢުވާ ކުރައްވާ މައްސަލަތަކުގައި ދަޢުވާ ހުށަހަޅުއްވާ ފޯމުގައި ބަޔާންކޮށްފައިވާ ވަކީލުގެ ބަދަލުގައި ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެވަޑައިގަންނަވާ ވަކީލުން ވަޑައިގަންނަވާއިރު، ބަދަލު ހަމަޖެއްސެވި ކަމުގެ ލިޔުން ހުށަހެޅުއްވުމުން ނޫނީ 07 އޭޕްރީލް 2011 އިން ފެށިގެން އެފަދަ ވަކީލުން ޖުވެނައިލް ކޯޓުން ބަލައި ނުގަތުމަށް ހަމަޖައްސައިފިއެވެ.

އިތުރަށް ވިދާޅުވުމަށް
 
2010 ވަނަ އަހަރު ޖުވެނައިލް ކޯޓަށް ހުށަހެޅުނު މަސްތުވާތަކެތީގެ މައްސަލަތަކުގެ ޢަދަދު ވަރަށް ބޮޑުތަން އިތުރުވެއްޖެ Print
Tuesday, 25 January 2011 09:44

މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުޑަކުދިންގެ މައްޗަށް ދަޢުވާ ކުރެވޭ މިންވަރު 2010 ވަނަ އަހަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ޖުވެނައިލް ކޯޓަށް ފާހަގަކުރެވިފައިވެއެވެ. މިގޮތުން 2009 ވަނަ އަހަރު، މަސްތުވާތަކެތި ބޭނުންކުރުމުގެ 22 މައްސަލައެއް ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވާއިރު، 2010 ވަނަ އަހަރު މަސްތުވާތަކެތި ބޭނުންކުރުމުގެ 34 މައްސަލަ ހުށަހެޅިފައިވެއެވެ.

އިތުރަށް ވިދާޅުވުމަށް
 
« StartPrev12NextEnd »

Page 1 of 2