ކޯޓުގެ ތާރީޚް
ކޯޓުގެ ތާރީޚް
ތާރީޚް:
ޖުވެނައިލް ކޯޓަކީ، ކުށްކުރާކުދިންގެ ޢަދަދު މުޖުތަމަޢުގައި އިތުރުވެ އެކަމުގެ ސަބަބުން މުޖުތަމަޢަށް ކުރިމަތިވާންފެށި މައްސަލަތަކަށް ޙައްލެއްހޯދުމަށާއި، ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާނޭ ވަކި ނިޒާމެއް ހަމަޖައްސަންވާނެ ކަމުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 91/9) ގެ 09 ވަނަ މާއްދާގައި ބަޔާންކުރެވިފައިވުމުން ، ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބެލުމަށް ވަކިކޯޓެއް ހުންނަންޖެހޭ ކަމަށް ފެނިގެން 01 އޯގަސްޓް 1997 ގައި އުފެއްދި ކޯޓެކެވެ. 01 އޯގަސްޓް 1997 އިން ފެށިގެން، 21 އޮކްޓޯބަރ 2010 އާ ހަމައަށް ޖުވެނައިލް ކޯޓު ހިންގަމުން އައިސްފައިވަނީ، "ކުޑަކުދިންނާބެހޭ ކޯޓު" ގެ ނަމުގައެވެ. 21 އޮކްޓޯބަރ 2010 ގައި "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު" ތަޞްދީޤު ކުރެވުމާއެކު، ކޯޓުގެ ނަން ޖުވެނައިލް ކޯޓަށް ބަދަލުވެގެން ދިއައީއެވެ.
ޖުވެނައިލް ކޯޓުގައި އިސް ޤާޟީކަން ކުރައްވާފައިވާ ބޭފުޅުން:
-
އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ (2009 - 2011)
ޖުވެނައިލް ކޯޓުގައި ޤާޟީކަން ކުރައްވާފައިވާ ބޭފުޅުން:
-
އަލްއުސްތާޛު ޢަބްދުﷲ ދީދީ
-
އަލްއުސްތާޛު ޙަސަން ސައީދު
-
އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު
-
އަލްއުސްތާޛު އަޙުމަދު ސަމީރު ޢަބްދުލްޢަޒީޒް
-
އަލްއުސްތާޛު އަޙުމަދު ޝަކީލް
-
އަލްއުސްތާޛު މުޙައްމަދު ނަޢީމް
- އަލްއުސްތާޛު އަޙްމަދު ޝަރީފް