ޝަރުޢީ ދާއިރާއަށް ކުރިމަތިވެފައިވާ ޚާއްޞަ ޙާލަތާއިގުޅިގެން ޖުވެނައިލް ކޯޓުގެ މިއަދުގެ މައްސަލަތައް ކެންސަލް ކޮށްފި Print
Tuesday, 17 January 2012 10:40

ކޯޓުތަކުން ކުރަމުންގެންދާ އަމުރުތަކަށް ސަލާމަތީ ބާރުތަކުންނާއި، ތަންފީޒީ ބާރުތަކުން ތަބާނުވުމާއި، ކޯޓުތަކުގެ ޙުރުމަތް ކަނޑަމުންގެންދާތީ، ޖުވެނައިލް ކޯޓުގައި މިއަދު ޝެޑިއުލްކޮށްފައިވާ މައްސަލަތައް ކެންސަލްކޮށްފިއެވެ. އަދި ކުރިއަށް ޝެޑިއުލް ކޮށްފައިވާ މައްސަލަތަކާއިމެދު ޢަމަލުކުރާނެ ގޮތަކާއިބެހޭގޮތުން ކޯޓުން ދަނީ މަޝްވަރާކުރަމުންނެވެ.

 
2011 ވަނަ އަހަރު ޖުވެނައިލް ކޯޓަށް އެންމެ ގިނަ ޢަދަދަކަށް ހުށަހެޅިފައިވަނީ މަސްތުވާތަކެތީގެ މައްސަލަތައް Print
Tuesday, 17 January 2012 04:07

މަސްތުވާތަކެތީގެ މައްސަލަތަކުގައި ކުޑަކުދިންގެ މައްޗަށް ދަޢުވާ ކޮށްފައިވާ މިންވަރު 2011 ވަނަ އަހަރު ވަރަށް ބޮޑުތަން އިތުރުވެ، އެ އަހަރު ކޯޓަށް ހުށަހެޅުނު މަސްތުވާތަކެތީގެ މައްސަލަތަކުގެ ޖުމްލަ ޢަދަދު 66 އަށް އަރައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...
 
2011 ވަނަ އަހަރު ޖުވެނައިލް ކޯޓުގެ މައްސަލަތަކުގެ ތަފާސް ހިސާބު Print
Tuesday, 17 January 2012 04:00

2011 ވަނަ އަހަރު ޖުވެނައިލް ކޯޓުގެ މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލައިލާއިރު، 2010 ވަނަ އަހަރު ނިމުނުއިރު ކޯޓުގައި ނުނިމިހުރި މައްސަލަތަކާއިއެކު 2011 ވަނަ އަހަރަށް ޖުމްލަ ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ޢަދަދަކީ 177 އެވެ. އެއީ 2011 ވަނަ އަހަރު އަލަށް ކޯޓަށް ހުށަހެޅުނު 108 މައްސަލައާއި 2010 ވަނަ އަހަރު ނިމުނުއިރު ކޯޓުގައި ނުނިމި އޮތް 69 މައްސަލައެވެ.

އިތުރަށް ވިދާޅުވުމަށް...
 
އެފް.ސީ.ޕީ.ޑީގެ ދެވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ފުޓްސަލް މުބާރާތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ Print
Sunday, 15 January 2012 08:48

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ދެވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެގޮތުން ބައެއް އޮފީސްތަކާއި އެކު ބޭއްވުނު ފުޓްސަލް މުބާރާތުގައި ޖުވެނައިލް ކޯޓުން ބައިވެރި ވެއްޖެއެވެ.

އިތުރަށް ވިދާޅުވުމަށް...
 
ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 03 ގައި ފެސިލިޓޭޓަރުންގެ ގޮތުގައި ޖުވެނައިލް ކޯޓުން ބައިވެރިވެއްޖެ Print
Sunday, 18 December 2011 08:27

2011 ޑިސެމްބަރ މަހުގެ 03 - 09 އަށް ނ. ވެލިދޫގައި ބޭއްވުނު، ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ 03 ގައި ޖުވެނައިލް ކޯޓުގެ ފަރާތުން އެ ޓްރެއިނިންގެ ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފިއެވެ.

އިތުރަށް ވިދާޅުވުމަށް...
 
« StartPrev1234NextEnd »

Page 1 of 4